ފޮޓޯ: ރެއާލް މެޑްރިޑް
ކުޅިވަރު
04 Sep 2022 | 22:38
ލަލީގާ: ރެއާލް އިން ބެޓިސް ބަލިކޮށް އެއްވަނައިގައި ހަމަޖެހިލައިފި

މިދިޔަ ސީޒަނުގެ ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ދެވަނައިގައި އޮތް ރެއަލް ބެޓިސް ބަލިކޮށް އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

މިއާއި އެކު ރެއާލުން ވަނީ ބެޓިސްގެ މޮޅުވުމުގެ ސިލްސިލާ ނިންމުމަކަށް ގެނެސްފައެވެ. މިހާތަނަށް ލަލީގާގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ހަމައެކަނި ސްޕެއިންގެ ޓީމުގެ ގޮތުގައި މިހާރު އޮތީ ރެއާލް މެޑްރިޑެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީވެސް ރެއާލުންނެވެ. މެޗުގެ 9 ވަނަ މިނަޓުގައި އެ ޓީމަށް މި ގޯލު ޖަހައިދިނީ ބްރެޒިލްގެ ޒުވާން ތަރި ވިނިސަސް ޖޫނިއާ އެވެ. ނަމަވެސް މެޗުގެ 17 ވަނަ މިނަޓުގައި ބެޓިސްގެ ސާޖިއޯ ކަނަލެސް ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ.

މެޗުން ރެއާލް މޮޅުކޮށްދިން ގޯލު މެޗުގެ ދެވަނަ ހާފުގައި ޖަހައިދިނީ އެ ޓީމުގެ ރޮޑްރިގޯއެވެ. މި މޮޅާއި އެކު ކުޅުނު 4 މެޗުން 12 ޕޮއިންޓް ހޯދާ އެ ޓީމު ވަނީ އެއް ވަނައިގައި ހަމަޖެހިލާފައެވެ.

މެޗަށްފަހުު ރެއާލްގެ ކޯޗު ކާލޯ އެންޖެލޯޓީ ބުނެފައިވަނީ ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހުމާއި އެކު ޓީމުގެ ފުރަތަމަ 11 އަށް ބަދަލުތަކެއް އަންނާނެ ކަަމަށެވެ. އަދި މެޗާއި މެދު ހިތްހަމަ ޖެހުނަސް ބެޓިސްއިން ޖަހާފައިވަނީ މާބޮޑަށް ފަސޭހަ ގޯލެއް ކަމަށް އެންޖެލޯޓީ ވަނީ ބުނެފައެވެ.

ލަލީގާ އަދި ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ރެއާލުން ދެން ލީގުގައި މަލޯކާ އާއި ދެކޮޅަށް ކުޅުމުގެ ކުރިން ޗެމްޕިއަންސް ލީގުގައި ސެލްޓިކާއި ދެކޮޅަށް ކުޅޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.