ފޮޓޯ: ވެސްޓްހަމް
ކުޅިވަރު
04 Sep 2022 | 23:00
ޕްރިމިއާ ލީގު: ވީއޭއާރުގެ ނިންމުމާއި އެކު ޗެލްސީއިން ވެސްޓްހަމް ބަލިކޮށްފި

ޕްރިިމިއާ ލީގުގައި ލަންޑަނަށް ނިސްބަަތްވާ ދެ ޓީމު ކަމަށްވާ ޗެލްސީއާއި ވެސްޓްހަމްއިން ކުޅުނު މެޗު ވީއޭއާރުގެ ނިންމުމާއި އެކު ޗެލްސީއިން ކާމިޔާބު ކޮށްފިއެވެ.

މެޗުން ޗެލްސީ 2-1 ގެ ނަތީޖާއަކުން މޮޅުވިއިރު، މެޗުގެ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ވެސްޓް ހަމްއިން ނަތީޖާ ހަމަކުރި ނަމަވެސް ވީއޭއާރުން ވަނީ އެ ގޯލު ޖެހުމުގެ ތެރޭގައި ޗެލްސީގެ ކީޕަރ މެންޑީއަށް ފައުލް ވެފައިވާ ކަމަށެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައިނުވާއިރު، މެޗުގެ 62 ވަނަ މިނަޓުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީވެސް ވެސްޓްހަމްއިންނެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިކައެލް އެންޓޮނީއެވެ.

ޗެލްސީއިން މެޗުގެ ނަތީޖާ އެއްވަރު ކުރީ 76 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ބެން ޗިލްވެލްއެވެ. މެޗުން ޗެލްސީ މޮޅުކޮށްދިން ގޯލު އެ ޓީމަށް މެޗުގެ 88 ވަނަ މިނަޓުގައި ކާމިޔާބު ކޮށްދިނީ ކައި ހާވޭޒްއެވެ.

މެޗަށްފަހު ވެސްޓްހަމްގެ ކޯޗު މޮޔެސް އަދި ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުމާއި މެދު ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެ ގޮތުން އެ ޓީމުގެ ކެޕްޓަން ޑެކްލަން ރައިސް ވަނީ މިއީ މިހާތަނަށް ވީއޭއާރުން ނިންމި އެންމެ ގޯސް ނިންމުން ކަމަށް ބުނެ ޓްވީޓް ވެސް ކޮށްފައެވެ.

މި މެޗު ކާމިޔާބު ކުރުމާއި އެކު ޗެލްސީއިން ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި އެ ޓީމު ކުޅުނު 6 މެޗުން 10 ޕޮއިންޓު ހޯދާފައެވެ.

ޗެލްސީއިން ލީގުގައި ދެން ނުކުންނާނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ފުލަމްއިންނެވެ. ނަމަވެސް އޭގެ ކުރިން އެ ޓީމުން ޗެމްޕިއަންސް ލީގުގައި ޒަގްރެބާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.