ފޮޓޯ: ޕްރިމިއާ ލީގު
ކުޅިވަރު
04 Sep 2022 | 23:06
ޕްރިމިއާ ލީގް: އެވަޓަން އަތުންވެސް އެއްވަރުވެ ލިވަޕޫލް ގެ ސީޒަން ގޯހުން ގޯހަށް

ލިވަޕޫލުން ޕްރިމިއާ ލީގުގައި އެންމެ ވާދަވެރި އެވަޓަން އާއި ދެކޮޅަށް ކުޅުނު މެޗުވެސް އެއްވަރުވެ އެ ޓީމުގެ އައު ސީޒަން ގޯހުން ގޯހަށް ދާން ފަށައިފިއެވެ.

މިއީ ލިވަޕޫލުން މި ސީޒަނުގައި ކުޅުނު 6 ވަނަ މެޗު ކަމަށް ވާއިރު މިދިޔ ސީޒަނުގައި ދެވަނައިގައި ނިންމި ލިވަޕޫލަށް މި 6 މެޗުގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ދެ މެޗެވެ. މީގެއިތުރުން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑު އަތުން ބަލިވެ އިތުރު ތިން މެޗުން ވަނީ އެއްވަރުވެފައެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި މިދިޔަ ސީޒަނުގައި ލިވަޕޫލަށް އެންމެ ރަނގަޅަށް ކުޅުނު މުހައްމަދު ސަލާހް އަށް މި ސީޒަނުގެ މިހާތަނަށް އޭނާގެ އަސްލު ކުޅުން ދައްކާލެވިފައެއް ނުވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނެފައިވަނި ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމުގެ އަސަރު އޭނާގެ ޓީމަށް ކޮށްފައިވާ ކަަމަށެވެ. އެގޮތުން ދެ މެޗު ދޭތެރޭގައި ރަނގަޅަށް ތިން ޓްރެއިނިން ސެޝަންވެސް ނުބޭއްވޭ ކަަމަށް ކޮލޮޕް ވަނީ ބުނެފައެވެ.

މި އަހަރުގެ ވޯލްޑް ކަޕް ފިނި މޫސުމުގައި ކުޅުމަށް ނިންމާފައިވުމުން ގިނަ ލީގު މެޗުތަކެއް ކައިރި ކައިރީގައި ކުޅެން ޖެހިފައިވާއިރު، އަންނަ ހަފްތާ ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޔޫރަޕާ ލީގުގެ މެޗުތައްވެސް ފެށިގެންދާނެއެވެ.

އެވަޓަންގެ ދަނޑުގައި ކުޅެވުނު މެޗުން ދެ ޓީމު 0-0 އިން އެއްވަރުވި އިރު މެޗުގައި ދެ ޓީމަށްވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެއްވެސް ޓީމަކަށް އެންމެ ރަނގަޅަށް އެ ފުރުސަތު ތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މެޗުގައި އެންމެ މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވަނީ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑުގެ ފަރާތުންނެވެ.

ލިވަޕޫލުން ދެން ލީގުގައި ނިކުންނާނީ ވުލްވްސްއާއި ދެކޮޅަށެވެ. ނަމަވެސް އޭގެ ކުރިން ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެ ޓީމުން ނަޕޯލީއާއި ދެކޮޅަށް ނުކުންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.