ފޮޓޯ: ޓްވިޓާ
ކުޅިވަރު
04 Sep 2022 | 23:13
ޕްރިމިއާ ލީގް: ޔުނައިޓެޑުން އާސެނަލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި

ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ވާދަވެރި އާސެނަލް ބަލިކޮށް އެ ޓީމުން މި ސީޒަނުގައި ދަމަހައްޓަމުން ގެންދިޔަ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗަށް އާސެނަލް ނިކުތީ މިހާތަނަށް އެ ޓީމުން ލީގުގައި ކުޅުނު ފުރަތަމަ 5 މެޗު ކާމިޔާބު ކުރުމަށްފަހުއެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ މި މެޗުގައި 1-3 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށްފައެވެ. މިއާއި އެކު ޔުނައިޓެޑުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗު ކާމިޔާބު ކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު އެރިކް ޓެންހާގް ބުނެފައިވަނީ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅެ އޭނާގެ ޓީމުން ހޯދި ކާމިޔާބީއާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މީގެ އިތުރަށްވެސް ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި މި މެޗު ކާމިޔާބު ކުރެވުނީ ކުޅުންތެރިން ދެއްކި ހިތްވަރުން ކަމުގައި ޓެންހާގް ވަނީ ބުނެފައެވެ.

މެޗުން ބަލިވި އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވަނީ މެޗަށްފަހު އޭނާގެ ޓީމުން ފުރަތަމަ ޖެހި ގޯލު ރެފްރީ ގަބޫލު ނުކުރުމުން އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުންދިޔައީ ޔުނައިޓެޑުންނެވެ. މެޗުގެ 15 ވަނަ މިނަޓުގައި އާސެނަލްގެ މާޓިނެލީ ވަނީ ކައުންޓާ އެޓޭކުގައި ގޯލެއް ޖެހި ނަމަވެސް މެޗުގެ ރެފްރީ ވަނީ އާސެނަލްގެ ގޯލު ޖެހުމަށް ބޯޅަ ހޯދުމުގެ ތެރޭގައި އެ ޓީމުގެ ކެޕްޓަން އޮޑެގާޑް ފައުލް ކޮށްފައިވާ ކަމަށް ނިންމާފައެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހާ ޔުނައިޓެޑުން ލީޑު ނެގީ 35 ވަނަ މިނަޓުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނިމިދިޔަ ހަފްތާ 100 މިލިއަން ޔޫރޯގެ އަގަކަށް އެ ޓީމާއި ގުޅުނު އެންޓޮނީ އެވެ. މިއީ އެންޓޮނީ ޔުނައިޓެޑުގެ ޖާޒީގައި ފެނިގެންދިޔަ ފުރަތަމަ މެޗެވެ. މި ގޯލާއި އެކު އާސެނަލް ކުޅުން ރަނގަޅުކުރި ނަމަވެސް ޔުނައިޓެޑުން ވަނީ ރަނގަޅަށް ޑިފެންޑުކޮށް ލީޑުގައި އޮވެ ހާފު ނިންމާލާފައެވެ.

ނަމަވެސް ދެވަނަ ހާފު ފަށައިގެން މެޗު ކޮންޓްރޯލް ކުރަމުންދިޔައީ އާސެނަލް އިންނެވެ. އެ ގޮތުން މެޗުގެ 60 ވަނަ މިނަޓުގައި އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބުކަޔޯ ސަކާއެވެ. އާސެނަލްގެ ލީޑަށް 6 މިނަޓު ނުވަނީސް ޔުނައިޓެޑުގް މާކަސް ރަޝްފޯޑު ވަނީ އެ ޓީމަށް އަނެއްކާ ލީޑު ނަގައިދީފައެވެ. މެޗުގެ 75 ވަނަ މިނަޓުގައި ޔުނައިޓެޑުގެ ތިންވަނަ ގޯލު ޖަހައިދިނީވެސް ރަޝްފޯޑެވެ.

ޔުނައިޓެޑުން އަންނަ ލީގުގައި އަންނަ އާދިއްތަ ދުވަހު ކްރިސްޓަލް ޕެލެސްއާއި ކުޅުމުގެ ކުރިން ޔޫރަޕާ ލީގުގައި ސްޕެއިންގެ ރެއާލް ސޮސިޑޭޑާއި ދެކޮޅަށް ކުޅޭނެއެވެ.

އާސެނަލްއިންވެސް ޔޫރަޕާ ލީގުގައި އެފްސީ ޒުރިކް އާއި ދެކޮޅަށް ކުޅުމަށްފަހު ލީގުގައި ދެން ނިކުންނާނީ ރަނގަޅު ފޯމެއްގައި އޮތް އެވަޓަންއާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.