ފޮޓޯ: ޕްރިމިއާ ލީގު
ކުޅިވަރު
04 Sep 2022 | 23:16
ޕްރިމިއާ ލީގް: އެސްޓަން ވިލާ އަތުން އެއްވަރުވެ ސިޓީއަށް އެއްވަނަ އަށް އެރުމަށް ލިބުނު ފުރުސަތު ގެއްލިއްޖެ

ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެސްޓަން ވިލާ އާއި އެއްވަރުވެ އެއްވަނަ އަށް އެރުމަށް ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.

ރޭގެ މެޗުން ސިޓީ މޮޅުވި ނަމަ އެއްވަނައިގައި އޮތް އާސެނަލްގެ މައްޗަށް ސިޓީއަށް އެއް ޕޮޮއިންޓުގެ ލީޑެއް ލިބުނީހެވެ. މިހާތަނަށް ކުޅުނު ހުރިހާ މެޗު ކާމިޔާބުކޮށް އެއްވަނައިގައި އޮތް އާސެނަލް އިން މިރޭ ނިކުންނާނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ. އެންމެ ފަހުން ލީގުގެ ހަވަނަ މެޗުގައި އާސެނަލްއިން ޔުނައިޓެޑުގެ މައްޗަށް ކުރިހޯދި ސީޒަނުގައި އެ ޓީމުން ވަނީ މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ ރޭގެ މެޗުގައި އޭނާގެ ޓީމުން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށާއި ޕްރިމިއާ ލީގުގެ ހުރިހާ މެޗުތަކަކީވެސް އުނދަގޫ މެޗުތަކެއް ކަމަށެވެ. އަދި ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމުގެ އަސަރު ކުޅުންތެރިންނަށް ކުރާކަމަށް ޕެޕް ވަނީ ބުނެފައެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ގޯލެއް ނުޖެހި ނިމިގެން ދިޔަ ނަމަވެސް، ދެވަނަހާފުގައި ސިޓީގެ އާލިން ހާލަންޑު ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މިއީ އޭނާ ލީގުގައި ކުޅުނު 6 މެޗުގައި ޖެހި 10 ވަނަ ގޯލެވެ. އެއަށްފަހު ކައުންޓާ އެޓޭކުގައި ވިލާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލިއޮން ބެއިލީއެވެ. އެއަށްފަހު ވިލާގެ ކޯޓީނޯ ގޯލެއް ކާމިޔާބު ކުރި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ. މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

ސިޓީއިން ދެން ލީގުގައި ނިކުންނާނީ ތިންވަނައިގައި އޮތް ޓޮޓެންހަމްއާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.