ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
05 Sep 2022 | 23:19
ށ. އަތޮޅު ސްކޫލާއި ބެހޭގޮތުން މަހްލޫފް ހެއްދެވީ އިތުރުފުޅެއް!

ޝަވިޔަނި އަތޮޅު މިލަންދޫގައި ހުންނަ އެ އަތޮޅު ސްކޫލުގެ ސީލިންގް ވެއްޓުނު ކަމަށްބުނެ ޔޫތު މިނިސްޓަރ ކުރެއްވި ޓުވީޓަކީ އިތުރުފުޅެއްކަން ހާމަވެއްޖެއެވެ.

މަހްލޫފު ކުރެއްވި ޓުވީޓުގައި އެ ސްކޫލުގެ ސީލިންގު ވެއްޓުނު ކަމަށްބުނެ ލިޔެފައިވާ ހަބަރެއް ހިއްސާ ކުރުމަށްފަހު ވިދާޅުވެފައިވަނީ ހިޔާ ފުލެޓް ސަރަހައްދަށް އެއްވެސް ޕްލޭނެއްނެތި ތޮއްޖައްސާލި ދަރިވަރުންނަށް ވަގުތީގޮތުން ސްކޫލެއް އަޅާ ދަރިވަރުންނާއި ބެލެނިވެރިން އުފުލި ތަކުލީފު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

މަހްލޫފު މިހެން ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން އިމާރާތްކުރި ވަގުތީ ސްކޫލު ހުޅުވުމާއި އެކު ބޭރުން އެ ސްކޫލު ފެންނަގޮތާއި މެދު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، އިދިކޮޅު ފަރާތްތަކުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ސްކޫލްތަކާއި އަޅާކިޔާފައިވަނިކޮށެވެ.

ރައްދުގައި ރައީސް ޔާމީން އެޅުއްވި ށ. އަތޮޅު ސްކޫލަށް އިޝާރަތް ކުރައްވާ މަހްލޫފް ވިދާޅުވެފައިވަނީ މާބޮޑު ސްކޫލެއް އެޅިކަމަށްބުނެ ފޮނިކަނޑާއިރު، ހަދާނިމުނުއިރު ސީލިންގ އޮތީ ބޮލަށް ވެއްޓިފަކަން ހަނދާން ނުނެތޭ ކަމަށެވެ.

ނަމަވެސް މަހްލޫފުގެ މި ޓުވީޓަކީ އިތުރުފުޅެއްކަން ހާމަވެފައިވަނީ އެ މައްސަލައިގައި ށ. އަތޮޅު ސްކޫލުގެ މަސައްކަތް ކުރި އެސްޖޭ ކޮންސްޓްރަކްޝަންސްގެ ފަރާތުން ދިން ޖަވާބު ފެންމަތި ވުމުންނެވެ. ސީލިންގް ވެއްޓުނު ކަމަށް 2018 ވަނަ އަހަރު އަޑު ފެތުރުމުން އެ ކުންފުނިން ބުނެފައިވަނީ ސްކޫލުގެ ސީލިންގް ނުވެއްޓޭ ކަމަށެވެ. އަދި ސީލިންގް އެ ފަރާތުން ނައްޓާލައިފައިވަނީ މަސައްކަތެއް ކުރުމުގެ ތެރެއިން ކަމަށް އޭރު އެ ކުންފުނިން ވަނީ މީޑިއާ ތަަކަށް މައުލޫމާތު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.