ފޮޓޯ: މެންޗެސްޓާ އީވްނިންގ ނިއުސް
ކުޅިވަރު
07 Sep 2022 | 23:30
ޗެމްޕިއަންސް ލީގު: ސެވިއްޔާ އަތުން ސިޓީއަށް ބޮޑު މޮޅެއް

ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ސެވިއްޔާ އަތުން އިނގިރޭސި ވިލާތުގެ ޗެމްޕިއަނުން މެންޗެސްޓާ ސިޓީ އަށް ބޮޑު މޮޅެއް ލިބިއްޖެއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބުކޮށްފައިވަނީ 0-4 ގެ ނަތީޖާއަކުންނެވެ. މި ސީޒަނުގައި ސިޓީގެ އެންމެ ބޮޑު މަގްސަދަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ކަމަށް މީގެ ކުރިންވެސް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފައެވެ.

މި މެޗު ފެށުމާއި އެކު ސިޓީއިން ވަނީ ބޯޅަ ހިފަހައްޓާ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި ސިޓީއަށް ލީޑު ނަގައިދިނީ 20 ވަނަ މިނަޓުގައި އާލިންގ ހާލަންޑެވެ. މެޗުގެ ދެވަނަ ހާފުގައި ސިޓީގެ ފޮޑެން ލީޑު ފުޅާކޮށްދިން އިރު ތިންވަނަ ގޯލު ޖަހައިދިނީވެސް ހާލަންޑެވެ. މިއީ ހާލަންޑު ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުގައި އޭނާ ޖަހާފައިވާ 25 ވަނ ގޯލެވެ.

މެޗުގައި ސިޓީއިން ޖެހި ފަހު ގޯލު އިތުރު ވަގުތުގައި ޖަހައިދިނީ ޕޯޗުގަލްއަށް ނިސްބަތްވާ ޑިފެންޑަރު ރުބެން ޑިއާޒް އެވެ.

ސިޓީ އާއި ސެވިއްޔާ އާއި އެކު ގުރޫޕް ޖީ ގައި ހިމެނޭ އަނެއް ދެ ޓީމު ކަމުގައިވާ ޖަރުމަނުގެ ބުރޫޝިއާ ޑޯޓްމަންޑު ވަނީ ކޯޕަންހޭގަން 0-3 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މިއާއި އެކު ސިޓީ އެއްވަނައިގައި އަދި ޑޯޓްމަންޑު ދެވަނައިގައި އޮތް އިރު ކޯޕަންހޭގަން އޮތީ ތިންވަނައިގައެވެ. ސިޓީއަތުން ބަލިވި ސެވިއްޔާ އޮތީ ގްރޫޕުގެ ފުލުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.