ފޮޓޯ: ޓްވިޓާ
ކުޅިވަރު
07 Sep 2022 | 23:40
ޗެމްޕިއަންސް ލީގު: ގިނަ އައު ކުޅުންތެރިންނާއި އެކުވެސް ޗެލްސީއަށް ފުރަތަމަ މެޗު ކާމިޔާބު ނުކުރެވުނު

2020 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޗެލްސީއިން ގިނަ އައު ކުޅުންތެރިންނާއި އެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ކްރޮއޭޝިއާގެ ޑައިނަމޯ ރަޒްބެގާއި ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު މި މެޗުން ޗެލްސީ ބަލިވެފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި މި އަހަރުގެ ހޫނު މޫސުމުގައި އައު ކުޅުންތެރިން ގެންދިއުމަށް އެންމެ ބޮޑު ހަރަދެއްކުރި ޓީމަކީ ޗެލްސީއެވެ. އެގޮތުން ޗެލްސީއިން ޖުމްލަ 280 މިލިއަން ޔޫރޯ މި ޓްރާންސްފާ ވިންޑޯގައި ވަނީ ހޭދަ ކޮށްފައެވެ. މި މެޗުގެ ސްކޮޑުގައި އެ ހުރިހާ ކުޅުންތެރިންވެސް ހިމެނިފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ޑެޑްލައިން ޑޭގައި ބާސެލޯނާ ދޫކޮށް ޗެލްސީއާއި ގުޅުނު އަބަމަޔާންގް ވެސް މިރޭގެ ފުތަމަ 11 ގައި ފެނިގެން ގޮސްފައިވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ތޯމަސް ޓުޝެލް ބުނެފައިވަނީ އޭނާގެ ޓީމު ބަލިވީ ކުޅުންތެރިންގެ ކިބައިން ފެންނަންޖެހޭ ވަރަށް މޮޅުވުމުގެ ރޫހު ނުފެނުމުން ކަމަށެވެ. އަދި މި ހާލަތުގައި މަސައްކަތް ނުކޮށް އެއް ދުވަސް ވެސް ދޫކޮށްނުލާނެ ކަމަށާއި މާދަމާ ވެސް ފަރިތަކުރުންތައް އޮންނާނެ ކަމަށް ޓުޝެލް ވަނީ ބުނެފައެވެ.

ޗެލްސީއިން ވަރުގަދަކޮށް މެޗު ފެށިނަމަވެސް މެޗުގެ 13 ވަނަ މިނަޓުގައި ޑައިނަމޯގެ މިސްލަވް އޮރިސިޗް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ގޯލާއި އެކުވެސް ޑައިނަމޯއަށް މެޗުގެ ކޮންޓްރޯލް ނެގޭ ގޮތް ވަނީ ނުވެފައެވެ. އެގޮތުން އެ ޓީމުން ޖެހުނީ މެޗުގެ ދެ ހާފުގައިވެސް ޗެލްސީއިން އުފައްދަމުން ގެންދިޔަ ހަމަލާތައް ދިފާއު ކުރާށެވެ.

ޗެލްސީގެ އަބަމަޔާންގް ފުރަތަމަ ހާފުގައި ގޯލެއް ޖެހި ނަމަވެސް އެ ގޯލު ޖެހުމުގެ ތެރޭގައި ޗެލްސީގެ ބެން ޗިލްވެލް އޮފްސައިޑް ވެފައިވުމުން އެ ގޯލު ރެެފްރީއިން ބަލައެއް ނުގަތެވެ.

މެޗުގައި ޑައިނަމޯ ގެ ގޯލް ކީޕަރުގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ޗެލްސީއާއި ޑައިނަމޯގެ އިތުރުން ޗެމްޕިއަންސް ލީގުގެ އެ ގްރޫޕުގައި ހިމެނެނީ ޖަރުމަނުގެ ލެއިޕްޒިގެ އަދި އިޓަލީގެ އޭސީ މިލާނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.