ފޮޓޯ: ޗެމްޕިއަންސް ލީގު
ކުޅިވަރު
07 Sep 2022 | 23:47
ހަރަދުކޮށް ނަތީޖާ ނުނެރެވުމުން ޗެލްސީގެ ކޯޗު ކަމުން ޓުޝެލް ވަކިކޮށްފި

ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި 280 މިލިއަން ޔޫރޯ ހަރަދުކޮށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުން ޗެލްސީގެ ކޯޗު ކަމުން ތޯމަސް ޓުޝެލް ވަކި ކޮށްފިއެވެ.

ޗެލްސީއިން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޓުޝެލް މަގާމުން ވަކި ކުރަން ނިންމާފައިވާ ކަމަށާއި، އެ

ޓީމަށް އޭނާ ވެދިން އެހީތެރިކަމަށާއި ހޯދަދިން ކާމިޔާބީ ތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިއީ ޗެލްސީގެ އައު ވެރިންނަށް މި ވަގުތު ޓީމަށް ފެންނަ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ޗެލްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ޓުޝެލް ޗެލްސީއާއި ހަވާލު ވުމަށްފަހު އެ ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް ޗެމްޕިއަންސް ލީގު، ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ވެސް ހޯދަ ދީފައެވެ.

އައު ވެރިންނާއި އެކު މި ސީޒަނަށް ޗެލްސީއިން ކުރިމަތިލީ ބޮޑު ހަރަދެއްކޮށް ވަރުގަދަ ޓީމަކާއި އެކުގައެވެ. ނަމަވެސް އެ ޓީމުން ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. މިވަގުތު ޕްރިމިއާ ލީގުގެ 6 ވަނައިގައި އޮތް ޗެލްސީއިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުންވެސް ރޭ ވަނީ ބަލިވެފައެވެ.

މި ސީޒަނަށް ޗެލްސީއިން ގެނައި 6 ކުޅުންތެރިންގެ ތެރޭގައި އާސެނަލްގެ ކުރީގެ ކެޕްޓަން އަބަމަޔާންގް ގެ އިތުރުން ލެސްޓާ ސިޓީއިން ގެނައި ފޮފާނާ ވެސް ހިމެނެއެވެ.

މި ހަފްތާ ތެރޭ ޗެލްސީއިން އައު ކޯޗެއް އައްޔަނު ކުރާނެ ކަމަށް ބެލެވޭ އިރު، ލިސްޓުގެ ކުރީގައި އުޅެނީ ބްރައިޓަންގެ ކޯޗު ޕޮޓާ، ޕީއެސްޖީގެ ކުރީގެ ކޯޗު ޕޮޗެޓީނޯ އަދި ޒިދާން އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.