ފޮޓޯ: ރެއާލް މެޑްރިޑް
ކުޅިވަރު
07 Sep 2022 | 00:09
ޗެމްޕިއަންސް ލީގު: އެންމެ ފަހުގެ ޗެމްޕިއަން ރެއާލުން ފެށުން ރަނގަޅުކޮށްފި

ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ސެލްޓީކް ބަލިކޮށް މި ސީޒަނުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ސެލްޓިކް ނިސްބަތްވާ ސްކޮޓްލޭންޑުގެ ގްލާސްގޯ ގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ. މިދިޔަ ސީޒަނުގައި ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ނަމަވެސް އެ ޓީމުން މިދިޔަ ސީޒަނުގެ ފެށުން މިހާ ރަނގަޅު ނޫންކަން ފާހަގަ ކޮށްލެވެއެވެ.

ރޭގެ މެޗުން ރެއާލް މޮޅުވި ނަމަވެސް އެ ޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާ އަށް ވަނީ އަނިޔާވެ ބާލަން ޖެހިފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ކާލޯ އެންޖެލޯޓީ ބުނެފައިވަނީ ބެންޒެމާގެ އަނިޔާގެ ސީރިއަސް ކަން އިނގިގެންދާނީ އިތުރު ޓެސްޓުތައް ހެދުމުން ކަމަށެވެ. އަދި ސެލްޓިކް ގެ ދަނޑުގައި ލިބިގެން މި ދިޔައީ އުނދަގޫ މޮޅެއް ކަމަށްވެސް އެންޖެލޯޓީ ބުނެފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން 11 މިނަޓު ތެރޭގައި ވިނިސަސް ޖޫނިއާ ވަނީ ރެއާލްއަށް ލީޑު ނަގައިދީފައެވެ. އޭގެ ހަތަރު މިނަޓު ފަހުން ރެއާލްއަށް ލީޑު ފުޅާ ކޮށްދިނީ ލުކާ މޮޑްރިޗް އެވެ.

ރެއާލްގެ ފަހު ގޯލު މެޗުގެ 77 ވަނަ މިނަޓުގައި ކާމިޔާބު ކޮށްދިނީ އެޑެން ހަޒާޑެވެ. މިއީ މި ސީޒަނުގައި އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ. އިނގިރޭސި ވިލާތުގެ ޗެލްސީ ދޫކޮށް ހަޒާޑު ރެއާލްއަށް ބަދަލުވި ފަހުން އޭނާ ވަނީ އަނިޔާގެ އެތައް މައްސަލަ އަކާއި ކުރިމަތިލާން ޖެހި، އެންމެ އެދެވޭ ކުޅުން ދެއްކޭ ގޮތް ނުވެފައިކަން ފާހަގަ ކޮށްލެވެއެވެ.

ރެއާލް އަދި ސެލްޓިކް ހިމެނޭ ގުރޫޕް އެފް ގައި ރޭ ކުޅެވުނު އަނެއް މެޗުގައި ޝަކްތަރު ޑޮނެސްކް ވަނީ 1-4 އިން ލެއިޕްޒިގެ ބަލިކޮށްފައެވެ. މި ނަތީޖާ އާއި އެކު ގުރޫޕުގެ އެއްވަނައިގައި ރެއާލް، ދެވަނައިގައި ޝަކްތަރު އޮތް އިރު ތިންވަނައިގައި އޮތީ ސެލްޓިކެވެ. ގުރޫޕުގެ ފުލުގައި އޮތީ ލެއިޕްޒިގް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.