ފޮޓޯ: ޗެމްޕިއަންސް ލީގު
ކުޅިވަރު
08 Sep 2022 | 00:21
ޗެމްޕިއަންސް ލީގު: ނަޕޯލީ އިން ލިވަޕޫލް ޑިފެންސް ލައިންގެ ހުރިހާ ދޮރެއް ހުޅުވާލައިފި

ޗެމްޕިއަންސް ލީގުގައި އިޓަލީގެ ނަޕޯލީއިން ލިވަޕޫލް ޑިފެންސް ލައިންގެ ހުރިހާ ދޮރެއް ހުޅުވާލާ އެ ޓީމު ކޮޅަށް ހަތަރު ގޯލު ޖަހައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގެ މި ދެ ޓީމުން ކުޅުނު މި މެޗު ނަޕޯލީ އިން ކާމިޔާބު ކޮށްފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.

ނަޕޯލީގެ ދަނޑުގައި މިހާތަނަށް މޮޅުވެފައިނުވާ ލިވަޕޫލަށް މެޗު ފެށުމާއި އެކު ވަނީ މެޗުގެ ކޮންޓްރޯލް ގެއްލިފައެވެ. މި މެޗުގައި ނަޕޯލީގެ ފަރާތުން ފުރަތަމަ މިނެޓުން ފެށިގެންވެސް ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ލީޑު ނަޕޯލީއިން ނަގާފައިވަނީ މެޗުގެ 5 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަކުން ޕިއޯ ޒިއެލެންސްކީއެވެ.

މެޗުގެ 18 ވަނަ މިނަޓުގައި ނަޕޯލީއަށް އިތުރު ކޯނަރެއް ލިބުނު ނަމަވެސް އެ ޓީމުގެ އޮސިމްހެން ޖެހި ބޯޅަ ވަނީ ލިވަޕޫލުގެ ގޯލް ކީޕަރ އެލިސަން ހިފަހައްޓާފައެވެ. ނަމަވެސް މެޗުގެ 31 ވަނަ މިނަޓުގައި ހުއްޓުމެއް ނެތި އެޓޭކް ކުރަމުން ދިޔަ ނަޕޯލީއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެންގުއިސާއެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމެން މިނަޓަކަށް ވެފައި ވަނިކޮށް ނަޕޯލީގެ ޖިއޮވާނީ ސިމިއޯނޭ ވަނީ އެ ޓީމަށް ތިންވަނަ ގޯލެއް ޖަހައިދީފައެވެ.

މެޗުގައި ނަޕޯލީ އިން ޖެހި ފަހު ގޯލު ޖަހައިދިނީ ދެވަނަ ހާފުގެ ދެވަނަ މިނަޓުގައި ފުރަތަމަ ގޯލުވެސް ޖަހައިދިން ޒިލެންސްކީއެވެ. ލިވަޕޫލުން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ލުއިސް ޑިއާޒް އެވެ.

ގްރޫޕް އޭގައި ދެން ހިމެނޭ އަޔަކްސް އަދި ރޭންޖާސް ބައްދަލުކުރި މެޗު 0-4 އިން ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ އަށް އަރާފައެވެ. ދެވަނައިގައި ނަޕޯލީ އަދި ތިންވަނަައިގައި ލިވަޕޫލް އޮތް އިރު ފުލުގައި އޮތީ ރޭންޖާސްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.