އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުހައްމަދު ޞާލިހު
ހަބަރު
23 Sep 2022 | 12:34
މުޅި ހަޔާތުގައިވެސް ރައީސް ޞާލިހު ކޮށްދޭހާ އިޚްލާސްތެރިކޮށް ކަންކަން ކޮށްދޭ ރައީސަކު ނުފެނޭ: އާޒިމް

މުޅި ހަޔާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކޮށްދޭހާ އިޚްލާސްތެރިކޮށް ރައްޔިތުންނަށް ކަންތައް ކޮށްދޭން ބޭނުންފުޅުވާ ރައީސަކު ފެނިވަޑައިގެންފައިނުވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

”ސޯސަލް“ އަށް ދެއްވި ބަސްދީގަތުމެއްގައި، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އާޒިމް ތާއީދު ކުރައްވާނީ ކޮން ކެންޑިޑޭޓަކަށްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އާޒިމް ވިދާޅުވީ، ރައީސް ޞާލިހަކީ ގައުމަށް ވަރަށް އިޚްލާސްތެރިކޮށް މަސައްކަތް ކުރައްވާ ރައީސެއް ކަމަށެވެ. 

”އަޅުގަނޑު ހަމަ ހިތުގެ އަޑިން ގަބޫލު ކުރަން ރައީސް ރައްޔިތުންނަށް ކަންތައްތައް ކޮށްދެނީ ހަމަ ވަރަށް ކޮށްދޭ ހިތުންކަން. ކޮންމެ ބަހެއް ވިދާޅުވަނީވެސް އެކަމެއް ހަމަ ކޮށްދިނުމުގެ ނިޔަތުގައިކަން. އަދި ކޮށްދޭން ބޭނުންފުޅުވާތީކަން.“

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މިއާއެކު އާޒިމް ވިދާޅުވީ އޭނާ އެމްޓީސީސީއާ ހަވާލުވެވަޑައިގެންނެވި ފަހުން ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނައިރު، އެ ހުރިހާ މަޝްރޫއުތައްވެސް އެންމެ ފުރިހަމައަށް، އަދި ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވުމަށް ރައީސް ސޯލިހު ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުގެ މުޅި މިހަޔާތުގައި، ވޯކިންގް ކެރިއަރުގައި ވެސް މިހާ އިހްލާސްތެރިކޮށް ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންފުޅުވާ ރައީސެއް ފެނިފައެއް ނެތް."

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް 

މި ސަބަބު ތަކާއި ހުރެ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އާޒިމް ހުންނަވާނީ ރައީސް ޞާލިހާއި އެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.