އެމްއެންޕީން ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގެ ތެރެއިން
ހަބަރު
24 Sep 2022 | 10:31
މި ސަރުކާރުގެ ހާރިޖީ ސިޔާސަތު އޮތީ ބޮޑު އެއް ގައުމެއްގެ މައްޗަށް ބުރަވެފައި: ނާޒިމް

މިސަރުކާރުގެ ޚާރިޖީ ސިޔާސަތު އޮތީ ބޮޑު އެއްގައުމެއްގެ މައްޗަށް ބުރަވެފައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެމްއެންޕީގެ ފުރަތަމަ ގައުމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ ހާރިޖީ ސިޔާތު އޮތީ ވަކި އަތަކަށް ބުރަނުވެ ކަމަށެވެ.

އެހެން ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ފެންނަނީ ވަކި އަތަކަށް ބުރަވެފައިވާތަން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ވަކި އިންޑިއާއެއް ނޫން. ދުނިޔޭގެ އެއްވެސް ގައުމެއްގެ އަސްކަރިއްޔާއިން ދިވެހި ރާއްޖޭގައި ބޭސް ހަދައިގެން ގާއިމުވެ ތިބުމަށް އަޅުގަނޑުމެން ފާޅުގައި އެކަމާ ދެކޮޅު ހަދާނަން،" 

ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ އެއްވެސް ގައުމެއްގެ އަސްކަރިއްޔާއިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ އެ ޕާޓީން ރުހޭ ކަމެއް ނޫން ކަމަށާއި އެ ޕާޓީން އެ ފުރުސަތެއް ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ، ރައްޔިތުން މިވަނީ މިއިން ދުވަހަކު ނުވާ ވަރަށް ފަގީރުވެފައި ކަމަށާއި ރާއްޖޭގެ އާމްދާނީން ބޮލަކަށް ޖެހޭ މިންވަރު މިހާރު ވަނީ 2015 ވަނަ އަހަރު ހުރި ވަރަށް ވެއްޓިފައި ކަމަށެވެ. ދުންޔާ ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.