12 ނޮވެމްބަރ 2018 ، މާލެ ، ކާނަލް ނާޒިމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު -- ވަން ފޮޓޯ: މުހައްމަދު އައުޒަމް
ހަބަރު
24 Sep 2022 | 18:44
ޖޭޕީގެ ރައްދެއް ނާޒިމަށް: ކެރިވަޑައިގަންނަވާ ނަމަ އިސްތިއުފާދީ، ހޮވުނު ދާއިރާތަކަށް ވާދަކުރައްވާ

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާއަށް ވާދަކުރައްވައިގެން ގޮނޑި ކާމިޔާބު ކުރައްވާ ފަހުން އަމިއްލަ ސިޔާސީ ޕާޓީއެއް ހައްދަވައިގެން އުޅުއްވާނަމަ އިސްތިއުފާ ދެއްވުމަށްފަހު އަލުން އެދާއިރާތަކަށް ކުރިމަތިލުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފިއެވެ.

އެމްއެންޕީގެ ފުރަތަމަ ގައުމީ ކޮންގްރެސްގައި ފައްޓަވައި ދެއްވާ ވާހަކަ ދައްކަވަމުން އެޕާޓީގެ ރައީސްކަން ކުރައްވާ ނާޒިމް ވިދާޅުވީ ރާއްޖޭގައި ގިނައީ އަމިއްލަ މަސްލަހަތު ހިމާތްކުރުމަށް ހަދާފައިވާ ޒިންމާދާރުކަން ކުޑަ ޕާޓީތަކެއް ކަމަށެވެ. އަދި، އެޕާޓީތަކުން އިންތިހާބުތަކުގައި ވާދަނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ކުދި ޕާޓީތަކުންވެސް މަސައްކަތް ކުރަނީ ވަކި ފަރުދުންގެ މަސްލަހަތު ހިމާޔަތްކުރަންކަމަށެވެ.

ނާޒިމްގެ ވާހަކަތަކަށް ރައްދުދެއްވައި ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ޞާލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީގައި ޤާސމް އިބްރާހިމްގެ ހިތްވަރު ހުރިކަން އަދިވެސް ދައްކާނެކަމަށެވެ.

ޞާލިޙު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ތާއީދާއިއެކު ދާއިރާތަކަށް އިންތިޚާބު ވުމަށްފަހު މިހާރު އެއީ ތިމަންނާމެން އަމިއްލަ މަސައްކަތުން އިންތިޚާބުވީ ގޮޑިތަކަށް ހެދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ނުވާނެކަމަށެވެ.

"ޖޭޕީން ނުކުންނަވާ، ބުރަކަށި މަތީ ހިންގަވާ ޖޭޕީގެ ނަމުގައި ގޮނޑިއެއް ލިބުނީމާ ޖޭޕީން ވަކިވެ، ޖޭޕީން ނޫން ކަމަށް ތިމަންނަ ހޮވުނީ ވިދާޅުވާ ބޭފުޅުން ނިކަން ކެރިވަޑައިގަންނަވާ ނަމަ އިސްތިއުފާދީ، އަލުން އެ ދާއިރާތަކަށް ވާދަކުރައްވާ" 

އަލީ ސާލިހް ވިދާޅުވިއެވެ.

އަލީ ޞާލިޙު ވަނީ ތާއީދު އޮތްކަމުގައިވާނަމަ ޖޭޕީގެ ޓިކެޓްގައި ވާދަކޮށްގެން އިންތިޚާބުވި ބޭފުޅުން ގޮޑިތަކުން އިސްތިއުފާ ދެއްވައި، އަލުން އިންތިޚާބުގައި ވާދަކުރުމަށް ގޮވާލާފައެވެ.

ކޮމެންޓް
ދިވެހި ޒުވާނުން
މޮޅު ރައްދެއް ސާބަސް ގާސިމް
24 Sep 2022
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.