ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އެފްއޭއެމް
ކުޅިވަރު
24 Sep 2022 | 21:46
އެކުވެރިކަމުގެ ދެވަނަ މެޗުގައި ރާއްޖެއިން ލާއޮސް ވެސް ބަލިކޮށްފި

މިވަގުތު ބުރުނާއީ ގައި ތިބި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުގައި ލާއޮސް ވެސް ބަލިކޮށްފިއެވެ.

މިއަދުގެ މެޗު ރާއްޖޭގެ ޓީމުން 1-3 ގެ ނަތީޖާއަކުން ލާއޮސް ގެ މައްޗަށް ކުރި ހޯދިއިރު ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗުވެސް މިވަނީ ކާމިޔާބުކޮށްފައެވެ. ރާއްޖެއިން ބުރުނާއީގައި އެންމެ ފުރަތަމަ އެ ގައުމުގެ ފުޓްބޯޅަ ޓީމާއި ދެކޮޅަށް މިދިޔަ ބުދަ ދުވަހު  ކުޅުނު މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. މި ދެ މެޗަކީވެސް ފީފާ ރަޖިސްޓްރީގައި ހިމެނިގެން ރޭންކިން އަށް ގުނޭ ގޮތަށް ކުޅުނު ދެ މެޗުކަން ފާހަގަކޮށްލެވެއެވެ. 

މެޗުގައި ރާއްޖެއިން ވަނީ ކުރީކޮޅު މެޗުގެ ކޮންޓްރޯލް ހޯދާ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނަޓުގައި ރާއްޖެއަށް ލީޑު ނަގައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ހަންނަ ވަނީ ބުދަ ދުވަހު ބުރުނާއީ އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ގޯލެއް ކާމިޔާބު ކޮށްދީފައެވެ. ރާއްޖެއިން ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ލާއޮސްގެ ކެޕްޓަން ބޯންޕަޗަން ބޯންކޯންގް ވަނީ ފުރަތަމަ ހާފުގެ ފަހު މިނަޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. 

ދެވަނަ ހާފުގައި ރާއްޖެއަށް އަލުން ލީޑު ނަގައިދީފައިވަނީ ހުސެއިން ނިހާން (ނިހާޓް) އެވެ. ރާއްޖޭގެ ލީޑު ފުޅާކޮށްދިނީ ބުރުނާއީ ކޮޅަށްވެސް ގޯލު ޖަހައިދިން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. 

ރާއްޖޭގެ ތިންވަނަ ގޯލަށް ފަހު ދެ ޓީމުންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އިދިކޮޅު ޓީމުގެ ގޯލަށް ފޮނުވާލާފައެވެ. ފަހު ވަގުތު ރާއްޖޭގެ ގޯލްކީޕަރު ހުސެއިން ޝަރީފްގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.