ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާ ގެ އެކްސްޓާރނަލް އެފެއާރޒް މިނިސްޓަރ ޑރ.އެސް.ޖެއިޝަންކަރު
ހަބަރު
25 Sep 2022 | 10:06
އިންޑިއާ އަކީ ރާއްޖެއަށް އެންމެ ދަތިވަގުތުގައި އެހީތެރިވާ އެންމެ ގާތް ބައިވެރިޔާ - ޝާހިދު

އިންޑިއާ އަކީ ދިވެހިރާއްޖެއަށް ކުރިމަތިވާ އެންމެ ދަތި ވަގުތުތަކުގައި ވެސް ރާއްޖެއަށް އެހީތެރިވަމުން އަންނަ އެންމެ ގާތް އެކުވެރިޔާ އަދި ބައިވެރިޔާ ކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ.ގައި އޮތް އިންޑިއާގެ ރަސްމީ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން ހިންދީ ބަހުން ވާހަކަފުޅު ފައްޓަވަމުން ޝާހިދު ވިދާޅުވީ، އިންޑިއާގެ 75 ވަނަ މިނިވަން ދުވަހާއި ގުޅިގެންނާއި އަދި އދ.ގައި އިންޑިއާ އިން ކުރަމުން އަންނަ ބިނާކުރުވަނިވި މަސައްކަތްތަކަށް ދިވެހިރާއްޖެއިށް އިންޑިއާއަށް މަރުހަބާ ދަންނަވާ ކަމަށެވެ. 

މިއާއެކު ޝާހިދު ވިދާޅުވީ، ދީވެހިރާއްޖޭގެ ތަރައްގީ އަށް ކުރެވޭ މުހިއްމު މަސައްކަތް ތަކުގައި އިންޑިއާ އަކީ މުހިއްމު ބައިވެރިއެއް ކަމަށް އަބަދުވެސް ރާއްޖެއިން ދޭކަމަށެވެ. އަދި މިހާތަނަށް ކުރެވުނު ތަޖުރިބާއިންވެސް އިންޑިއާ އަކީ އަބަދުވެސް ދިވެހިރާއްޖެއަށް ނުހަނު ބޮޑެތި އެހީތަކެއް ވެފައިވާ ގައުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ އެކި އެކި ކާރިސާތަކާއި، ކޮވިޑް-19 ގެ ޢާލަމީ ވަބާ މުޅި ދުނިޔެއަށާއި އެގައުމަށްވެސް ކުރިމަތިވެ، އެ ގައުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ދަނޑިވަޅެއްގައި، އިންޑިއާ އިން ރާއްޖެއަށް ވެދިން އެހީތެރިކަމާއި ވެކްސިން ފޯރުކޮށްދިނުމުގައި އިންޑިއާ އިން ރާއްޖެއަށް ދިން އިސްކަން ފާހަގަ ކުރައްވާ އެކަމަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކޮވިޑުން އަރައިގަންނެ އިޤުތިސޯދު ކުރިއެރުވުމަށް އިންޑިއާ އިން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެކަމަށް ވެސް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. 

"ދިވެހިރާއްޖެ އަށް ކުރިމަތިވާ އެންމެހައި ޖޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެ މަސައްކަތް ކުރަމުންދާނީ، ރާއްޖޭގެ އަވަށްޓެރި، ގާތް ބައިވެރިޔާ އަދި ގާތް ރަހުމަތްތެރިޔާ، [އިންޑިއާ] އާއި އެކުގައި." ޝާހިދު ވިދާޅުވިއެވެ. 

ޝާހިދު ވާހަކަފުޅުގައި އޭނާ ވަނީ ރާއްޖެއަށާއި، ދުނިޔޭގެ އެކިއެކި ގައުމުތަކަށް، ތިމާވެށީގެ ގޮތުންނާއި އެނޫންވެސް ގޮތް ގޮތުން އިންޑިއާ ވެދެމުން އަންނަ އެހީތައް ފާހަގަކޮށް، އެކަމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އަދި އޭނާގެ ވާހަކަފުޅު ނިންމަވާލެއްވީވެސް މިނިވަންކަމާއި ގުޅޭގޮތުން އިންޑިއާ މީހުން ބުނެއުޅޭ ހަރުބަހަކުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.