އެމްޕީއެލްގެ 36 ވަނަ އަހަރީ ޖަލްސާގެ ތެރެއިން
ހަބަރު
25 Sep 2022 | 10:03
ނީލަން ކިޔާ ތަކެއްޗަށް ޚާއްސަ ޕޯޓަލްއެއް އެމްޕީއެލްއިން އަލަށް ތައާރަފުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)އިން "ޕޯޓު ޑިޖިޓަލްކޮށްގެން" ނަމުގައި ފަށައިގެން ކުރިއަށްގެންދާ ކެންޕެއިންގެ ދަށުން ނީލަން ކިޔާ ތަކެއްޗަށް ޚާއްސަ ޕޯޓަލްއެއް އަލަށް ތައާރަފުކޮށްފިއެވެ.

އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަނީ ނީލަން ކިޔާ ތަކެއްޗަށް ޚާއްސަ ޕޯޓަލްއާއެކު އިތުރު ޑިޖިޓަލް ދެ ޚިދުމަތެއް ތައާރަފުކޮށްފައެވެ. 

އެގޮތުން އެކުންފުނިން ތައާރަފުކުރި "އެމްޕީއެލް އޮކްޝަން ޕޯޓަލް" ހާއްސަކޮށްފައި ވަނީ ރާއްޖެ އެތެރެ ކުރުމަށް ފަހު ކްލިއާނުކޮށް ގިނަ ދުވަސްވެފައި ހުންނަ މުދާ އެމްޕީއެލް ސަރަހައްދަށް ނުގޮސް، ނީލަމުގައި ގަނެވޭނެ ގޮތް ހެދުމަށް ކަމަށް އެމްޕީއެލް އިން ބުނެއެވެ. އެ ޕޯޓަލް މެދުވެރިކޮށް، ނީލަން ކިޔަން ނިންމާފައިވާ ތަކެތި ބަލައިލުމާއި ނީލަމަށް އެންމެ ފަހުން ހުށަހަޅާފައިވާ އަގުގެ މައުލޫމާތު ބެލޭނެއެވެ.

މީގެ އިތުރުން އެކުންފުނިން އަލަށް ތައާރަފުކުރި ޖޮބް ޕޯޓަލްއިން އެ ކުންފުނިން ހުސްވެފައި ހުރި ވަޒީފާގެ ފުރުސަތުތައް ބެލުމުގެ އިތުރުން ވަޒީފާއަށް އެދި ހުށަހެޅުމާއި އެ ހުށަހެޅުމާބެހޭ ފަހުގެ މައުލޫމާތު ބަލައިލެވޭނެ ކަމަށްވެސް ބުންޏެވެ.

އެމްޕީއެލް އިން ބުނީ އެ ޕޯޓަލްތައް ތައާރަފު ކުރުމުގެ ބޭނުމަކީ އެމްޕީއެލްގެ މުވައްޒަފުންނަށާއި ކަސްޓަމަރުންނަށް ވެސް މިހާރަށް ވުރެ އަވަހަށް އަދި ފަސޭހައިން ޚިދުމަތްތައް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.