ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު-- ފޮޓޯ: މަޖިލިސް
ހަބަރު
25 Sep 2022 | 12:56
ޖަލުގައި މީހުން މަރުވާ މައްސަލާގައި އިހުމާލުވިތޯ ބަލާނީ ޢިމްރާން އެއްނޫން: ވަހީދު

ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މީހުން މަރުވުމުގައި އިހުމާލުއް އޮތްކަން ނުވަތަ ނޫންކަން ވެސް ނިންމަވާނީ ހޯމް މިނިސްޓަރ ޢިމްރާން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. 

ވައްޑެ މިފަދައިން ވިދާޅުވެފައި ވަނީ، މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި، މ. މުލި، ހުދުފިނިފެންމާގޭ، މުހައްމަދު ނަޝީދުގެ މިދިޔަ ހަފުތާގައި މަރުވި މައްސަލައިގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އިހުމާލެއް ނެތް ކަމަށް އިމްރާން ވިދާޅުވެފައިވާ ކަމަށް ނޫހަކުން ރިޕޯޓްކުރުމާއި ގުޅިގެން ނެވެ. 

އެކަމާއި ގުޅިގެން ވައްޑެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެފަދަ މައްސަލަ ތަކުގައި އިހުމާލެއް އޮތްކަން ނުވަތަ ނެތްކަން ނިންމަވާނީ މިނިސްޓަރެއް ނޫންކަމަށެވެ. އަދި އެކަން ނިންމަންޖެހޭނީ ‎ހިޔުމަން ރައިޓްސް ކޮމިޝަންގެ ތަޙުޤީޤަކުން ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ. 

ނަޝީދު، 43، މަރުވީ އޭނާ ނޭވާ ނުލާކަން ގޮޅީގައި ތިބި އެހެން ގައިދީންތަކެއް އެންގުމުން އިތުރު ފަރުވާ ދެމުން އަންނަނިކޮށް ކަމަށް ކަރެކްޝަންސް އިން މީގެ ކުރިން ބުނެފައިވެ އެވެ. އޭނާ މަރުވުމުގައި ކަރެކްޝަންސްގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

އެކަމާ ގުޅިގެން އޮންލައިން ނޫހަކުން ސުވާލުކުރުމުން، އޭނާގެ މަރުގެ ހަބަރު ލިބުމުން މާފުށީ ޖަލުގައި ތިބި އޮފިސަރުން ހެދި ރިޕޯޓާއި އިތުރު އެހެން މެޑިކަލް ރިޕޯޓުތައް ބެއްލެވި ކަމަށް އިމްރާން ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

"އެކަމުގައި އަޅުގަނޑަކަށް ކަރެކްޝަންސްގެ އިހުމާލެއް އޮތް ކަމަކަށް އަދި އެއްވެސް މީހެއްގެ ގަސްދުގައި ކޮށްފައި އޮތް އެއްވެސް އަމަލެއް ނެތް. އަޅުގަނޑު ވަރަށް ގާތުން އެކަން ބެލިން،" އިމްރާން އެ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި ކަމަށް އެ ނޫހުގައި ވެއެވެ.

ކޮމެންޓް
ބޭބެ
މިވަހީދު އަލަމްގިރިއާއެކު ވޭބާ؟ ހީވޭ އމުރާނު އާއި ހިތާވާގޮތެއް އޮވެޔޭ !
25 Sep 2022
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.