ޒުހޫރަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Sep 2022 | 13:09
ވ. އާރަށް މައްސަލަ: ދައުލަތުން ހުށައެޅި އީ.ވައި.ސީގެ ޔައުމިއްޔާ ސައްހަ ނޫންކަމަށް ޒުހޫރުވެސް ހެކިވެއްޖެ!

ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް(އީ.ވައި.ސީ) ގެ ބައްދަލުވުމެއްގެ ޔައުމިއްޔާއަކީ ސައްހަ ޔައުމިއްޔާއެއް ނޫންކަމަށް ވިދާޅުވެ އަހުމަދު ޒުހޫރު ހެކިބަސް ދެއްވައިފިއެވެ. 

ވ. އާރަށުގެ މައްސަލައާއި ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނަގާފައެވެ. 

ޒުހޫރު ކޯޓަށް ހާޒިރުކޮށްފައިވަނީ އެ މައްސަލައިގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ އީ.ވައި.ސީގެ ޔައިމުއްޔާއަކާއި ގުޅޭގޮތުންނެވެ. 

ޒުހޫރަކީ ރައީސް ޔާމީންއާއެކު ވަރަށް ގިނަ ދުވަސްތަކެއްގައި މަސައްކަތްޕުޅުކުރައްވާފައިވާ ބޭފުޅެކެެވެ. އެގޮތުން ޒުހޫރު ވަނީ ރައީސް އޮފީހުގެ ކެބިނެޓު މެމްބަރުކަންވެސް ކުރައްވާފައެވެ. އޭރު ޔޫތު މިނިސްޓަރުގެ ޙައިސިއްޔަތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) ގައި މަސައްކަތް ކުރައްވާފައިވެއެވެ. 

ޒުހޫރު ވިދާޅުވީ އީ.ވައި.ސީއިން ވަކި ގޮތަކަށް ކަމެއް ނިންމައިފިނަމަ އެކަން ފެންނާނެހެން ޔައުމިއްޔާގެ ގޮތުގައި އޮންނަ ލިޔުމެއް އޮންނާނެކަމަށެވެ. 

އެޖެންޑާގައި ނުހިމެނޭ އެއްވެސްކަމެއް އެ ކައުންސިލްގެ ބައްދަލުވުމުގައި ނުނިންމާނެކަމަށާއި، އެފަދަ މައްސަލައެއް މެމްބަރުންގެ ބޭނުމަށް މަޝްވަރާކުރެވިފައި އޮވެދާނެކަމަށެވެ. 

އާރަށުގެ މައްސަލައާއި ގުޅިގެން ދައުލަތުން ހުށައަޅާފައިވާ ޔައުމިއްޔާއަކީ ސައްހަ ޔައުމިއްޔާއެއް ނޫންކަމަށް ޒުހޫރު ވަނީ ވިދާޅުވެފައެވެ. ދައުލަތުން ހުށައަޅާފައިވާ އެ ކަރުދާސް މިއަދުގެ އަޑުއުހުމުގައި ވަނީ އޭނާ އަށް ދައްކާފައެވެ. އެއީ ސައްހަ ލިޔުމެއް ނޫންކަމަށް ޒުހޫރު ވިދާޅުވީ، އެ ލިޔުން ބެއްލެވުމަށްފަހުގައެވެ. 

އެކަން ކަށަވަރުކޮށްދެއްވަމުން ޒުހޫރު ވިދާޅުވީ އީ.ވައި.ސީގެ ޔައުމިއްޔާތަކަކީ ގަވައިދުން ބަލަހައްޓާ ލިޔެކިޔުންތަކެއްކަމަށެވެ. އެގޮތުން ބައްދަލުވުމުގެ ޔައުމިއްޔާތަކުގައި ބައިވެރިވާ ވަޒީރުންގެ ސޮއި ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޔައުމިއްޔާގެ ކޮންމެ ކަރުދާހެއްގައި ބައިވެރިވާ މެމްބަރުންގެ އިނީޝަލް ޖައްސަވާނެކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮންމެ ދުވަހެއްގެ ބައްދަލުވުމުގެ ޔައުމިއްޔާ ޖެހިގެން އަންނަ ޔޫތު ކައުންސިލް ބައްދަލުވުމަށް ގެންނަވާ އެ ޔައުމީތައް ޗެކުރުމަށްފަހު މެމްބަރުން ސޮއިކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ޔައުމިއްޔާއަކީ ވަކިން އެއްވެސް މެމްބަރަކަށް ފޮނުއްވާ އެއްޗެއް ނޫންކަމަށާއި، ޔައުމިއްޔާ ކަރުދާސް(ހާޑް ކޮޕީ) ކައުންސިލް ބައްދަލުވުންތަކަށް ގެނެސް މެމްބަރުންލައްވާ ސޮއި ކުރުވުމަށްފަހު ފައިލްކުރާކަމަށް އޭނާ ވިދާޅުވިއެވެ. 

އެ ކައުންސިލްގެ ޔައުމިއްޔާތައް ބެލެހެއްޓުމުގެ މަސައްކަތްޕުޅަކީ އޭނާ ކުރައްވާ މަސައްކަތްޕުޅެއްކަމަށާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ގައިވައިދުން ފާސްކުރާކަމަށާއި، އެއްވެސް ބައްދަލުވުމެއްގެ ޔައުމިއްޔާ ސޮއި ނުކުރެވި ނޯންނާނެކަމުގެ ޔަގީންކަން ޒުހޫރު ވަނީ ދެއްވާފައެވެ.

އެއާއެކު އޭނާ ވިދާޅުވީ، ޔޫތު ކައުންސިލްގެ މެމްބަރުން ސޮއިކުރައްވާފައި ނެތް ޔައުމިއްޔާއަކީ ސައްހަ ޔައުމިއްޔާއެއް ނޫންކަމަށެވެ. 

ޒުހޫރު މިފަދައިން ވިދާޅުވެފައިވާއިރު، މިއަދު ކޯޓުގައި ހެކިބަސް ދެއްވަމުން އީ.ވައި.ސީގައި އިންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވަނީ ދައުލަތުން ހުށައެޅި ޔައުމިއްޔާއަކީ ސައްހަ ޔައުމިއްޔާއެއް ނޫންކަމަށް ވިދާޅުވެ ހެކިބަސް ދެއްވާފައެވެ. 

ސައީދު ހެކިބަހުގައިވެސް އެއީ ސައްހަ ޔައުމިއްޔާއެއް ނޫންކަމަށް ވިދާޅުވެފައިވަނީ، އެ ޔައުމިއްޔާގައި މެމްބަރުންގެ ސޮއި ނެތުމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.