ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް-- ފޮޓޯ: ސަން އޮންލައިން
ހަބަރު
25 Sep 2022 | 13:39
ނާޒިމް ސައްތާރުގެ އަދަބު ލުއިކުރީ ގާނޫނާ ހިލާފަށް ކަން ޕީޖީ ޝަމީމް ގެ ލިޔުމަކުން!

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފް ވުމުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ ކޮއްކޮ، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅި އިރު ގާނޫނާ ހިލާފަށް އަދަބު ލުއި ކޮށްފައިވާކަން ޕީޖީ ޝަމީމްގެ ލިޔުމަކުން ހާމަވެއްޖެއެވެ. 

"އަދަބު އިސްތިއުނާފް ކުރުން- އަބަދުވެސް ހިނގާ ކަމެއް" ނަމުގައި ޕީޖީ ޝަމީމް އިއްޔެ އޭނާގެ ބްލޮގުގައި ލިޔުއްވާފައިވް ލިޔުމުގައި ވާގޮތުން ގާނޫނުލްއުގޫބާތުގައި އޮންނަ ގޮތުން، ދައުވާ ކުރުމުގެ ކުރިން ކުށަށް އިއުތިރާފުވެ އާންމުންގެ ކިބައިން މާފަށް އެދޭ ނަމަ އަދަބަށް ދެ ދަރަޖައިގެ ލުޔެއް ލިބޭނެ އެވެ. އެކަމަކު، ދައުވާ ކުރި ފަހުން ނަމަ ލިބޭނީ އެއް ދަރަޖައިގެ ލުޔެކެވެ.

"ގާނޫނުލްއުގޫބާތުގެ 1106 ވަނަ މާއްދާގައި އޮތީ، ކުށްވެރިޔާ ކުށާ މެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުން، އަދަބުގެ ދަރަޖަ ދަށްވާނެ ވާހަކަ އެވެ. ދައުވާކުރުމުގެ ކުރިންނަމަ، 2 ދަރަޖަ، ދައުވާ ކުރި ފަހުންނަމަ، 1 ދަރަޖައެވެ. ކުށް ސާބިތުވާކަމަށް ކަނޑައެޅި ނަމަވެސް، އަދަބު ދިނުމުގައި އިސްވެދެންނެވި އުސޫލާ ޚިލާފު ނަމަ، އެ ނުކުތާ ވަކިން އިސްތިއުނާފު ކުރަންޖެހެ އެވެ." ޝަމީމްގެ ބްލޮގްގައިވެ އެވެ.

ކަން މިހެން ހުރި އިރު، ނާޒިމް މާފަށް އެދި ބަޔާނެއް ނެރުނީ ދައުވާކުރިތާ މާ ފަހުން، އޭނާއަށް ހުކުމް ކުރަން އޮތް ދުވަހު އެ ޝަރީއަތް ފަށަން ގާތްވެފައި ވަނިކޮށެވެ. ވުމާއެކު އޭނާގެ އަދަބު ދެ ދަރަޖައަށް ލުއި ކޮށްފައިވާ މައްސަލަ ޕީޖީ އޮފީހުން އިސްތިއުނާފް ކުރަން ޖެހޭކަން މި ލިޔުމުން ހާމަވެއެވެ. 

ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލާގައި ނާޒިމް ސައްތާރު އަށް އައީ ތިން މަހާއި 26 ދުވަހަށް ގޭބަންދުގެ ހުކުމެކެވެ. އެހެންނަމަވެސް އެ މައްސަލާގައި ދަޢުވާ އުފުލި ފުލުސް މީހެއް ކަމަށްވާ ޢަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) މައްޗަށް ކުށް ސާބިތުވެ, އޭނާއަށް އައީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. 

އެއް ކުށެއް ކުރި ދެމީހުންނަށް އިއްވާފައިވާ ހުކުމުގެ ފަރަގު މިހާ ބޮޑުވެފައިވާއިރު ނާޒިމް ސައްތާރު ފަދައިން ރަފީއުވެސް އޭނާއަށް ހުކުމް ކުރުމުގެ ކުރިން ވަނީ ކުށަށް އިއުތިރާފްވެފައެވެ. 

ކޮމެންޓް
މާހިޝް
ޙުކުމްއިއްވަން ތިއްބެވި ފަޑިޔާރުންނަށްވުރެ ޝަމީމްއަތުގަ ފާސްގިނައީކަމަށްވާނީ
25 Sep 2022
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.