ކުރީގެ ނައިބުރައީސް ޑރ. ޖަމީލް އަދި އެމްއެންޕީގެ ރައީސް ނާޒިމް/ ފޮޓޯ: ޖޭޕީ
ހަބަރު
25 Sep 2022 | 17:46
ބައެއް މީހުންނަކީ ޟަރޫރަތްތައް ބަދަލުވުމުން އިޚްލާސްތެރިކަން ބަދަލުވާ މީހުން: ޑރ ޖަމީލު

ވެރިކަމަށް ފައި ނަންގަވައިގެން ތިއްބެވި ބައެއް ބޭފުޅުންނަކީ އެމީހުންގެ ޟަރޫރަތްތަކާއެކު އެމީހުންގެ އިޚްލާސްތެރިކަންވެސް ބަދަލުކުރާ އެއްވެސް ބަޔަކަށް އިޚުލާސްތެރިކަމެއް ނުބާއްވާ ބައެއްގެ ގޮތުގައި ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު ސިފަކުރައްވައިފިއެވެ. 

އަމިއްލަފުޅު ޚިޔާލެއްގެ ގޮތުގައި ޑރ. ޖަމީލު ވަނީ އެމަނިކުފާނު ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވެރިކަމަށް ފައި ނަންގަވައިގެން ތިއްބެވި ބައެއް ބޭފުޅުންނަށް އަމާޒުކުރައްވާ ފާޑު ވިދާޅުވެފައެވެ. 

އެގޮތުން ޑރ ޖަމީލު ވިދާޅުވީ ބައެއް ބޭބޭފުޅުން ފުރުއްވި މަގާމުތަކުގެ ވާހަކައާއި، އެ މަގާމުތަކުގައި ތިއްބަވައިގެން ކޮށްދެއްވި ޚިދުމަތްތަކުގެ ވާހަކައާއި، ދެން ފުރުއްވަން އެދިވަޑައިގަންނަވާ މަގާމުގެ ވާހަކަ ދައްކަވާއިރު އެ ބޭފުޅުން މަގާމުތަކުގައި ތިއްބަވާ ހިންގި ކޮރަޕްޝަންއާއި މެދު ރައްޔިތުން ވިސްނާލަން ޖެހޭކަމަށެވެ. 

ޑރ. ޖަމީލު އެ ޕޯސްޓުގައި ވަކި ބޭފުޅެއްގެ ނަން ޖައްސަވާފައި ނެތް ނަމަވެސް އޭގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް ބަލާއިރު، އެމަނިކުފާނު އެ ވިދާޅުވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) ގެ ރައީސް މުހައްމަދު ނާޒިމްގެ ވާހަކަކަން ދޭހަވެއެވެ.

އެއީ ނާޒިމު ވަނީ ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ އިތުުރުން ޑރ ޖަމީލުގެ ޕޯސްޓުގައި ފާހަގަކޮށްފައި ހުރި ބައެއްކަންކަމަކީ ސީދާ ނާޒިމްއާއި ގުޅުން ހުރި ކަންކަމެވެ. 

ވެރިކަމަށް ކުރިމަތިލައްވާ ސިޔާސީ ބޭފުޅެއް (ނާޒިމް) ގެ ވަނަވަރު ހާމަކުރައްވާފައި އޮތް އެ ޕޯސްޓުގައި ޑރ. ޖަމީލު ވަނީ އޭނާ ޝާމިލުވާ ކޮރަޕްޝަންގެ ދިގު ލިސްޓެއް ލިޔުއްވާފައެވެ. 

އޭގެ ތެރޭގައި ނޫފަހީގެ ނަމުގައި ހިންގި ވައްކަމާއި، ކުނިބުނި މެލޭޝިޔާއިން ގެނެސް އެސްޓީއޯގެ ޒަމާންވީ ބްރޭންޑުތައް ދުއްވާލި މައްސަލަ އޭސީސީގައި ފައިލުކޮށްފައިވާކަން ފާހަގަކުރައްވާފައިވެެއެވެ. 

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެމްޓީސީސީއިން ގެނައި ބަސްތަކާއި، ތަނބުރުދޫ ވިއްކާ ނޫމަޑިން ހިންގި ކޮރަޕްޝަންގެ އިތުރުން އަރުތޫރު ބްރަދާރަސްއާއި އެކީ ހިންގި ޖަރީމާތަކާއި ހިންގި އާމްސް ޑީލްތަކުގެ ވާހަކައަކީ ރައްޔިތުން ވިސްނާލަންޖެހޭ ކަމެއްކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. 

އެމްޓީސީގެ މެނޭޖިން ޑިރެކްޓަރ އާޒިމް އަކީ އެމްއެންޕީގެ ރައީސް ނާޒިމްގެ އާއިލީ ބޭފުޅެކެވެ. ޑރ، ޖަމީލުގެ ޕޯސްޓުގައި ފާހަގަކޮށްފައިވާ ކޮންމެ މައްސަލައަކީވެސް ނާޒިމްއާއި ކޮންމެވެސް ހިސާބަކުން ގުޅުން އޮތް މައްސަލައެއްކަން ފާހަގަކުރެވެއެވެ. 

އެ ޕޯސްޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ މި ސަރުކާރުގެ ހައުސިންގައި ހުންނެވީ (ނާޒިމް)ގެ ގާތް ރަހުމަތްތެރިއެއްކަމަށެވެ. އަދި އޭގެ ފައިދާ ނަގައިގެން 1.5 ބިލިއަނާއި ކައިރިކުރާ ޕްރޮޖެކްޓުތައް ހޯދައިފައިވާކަމަށާއި، އޭގެ ތެރޭގައި ފިއްކަނޑައިގެން ދާ ވަރުގެ ކޮރަޕްޝަން އެކުލެވޭކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

ޑރ ޖަމީލުގެ ޕޯސްޓުގައި އިޝާރާތްކުރައްވާފައިވާ މީހާ (ނާޒިމް) އަކީ ބޮން ގޮއްވި ކުއްޖާ (އަދީބު) މުދައްރިސެއްގެ ގޮތުގައިވެސް ވަނީ ފާހަގަކުރައްވާފައެވެ. 

ޑރ ޖަމީލު ވިދާޅުވީ (ނާޒިމް) ފުރުއްވި މަގާމެއް ފުރުއްވާފައިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުޔަގާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައިކަމަށެވެ. 

އެއާއެކުވެސް މިހާރު އޮތް ސަރުކާރު ދިފާއުކޮށް ސަނާކިޔަމުންދަނީ މިހާރުގެ ޟަރޫރަތްތައް ބަދަލުވުމުންކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

ވެރިކަމާއި ހަވާލުވުމަށް މަސައްކަތް ކުރަމުންދާއިރު، މޭމަތީގައި ޖައްސަވައިގެން އުޅުއްވާ މެޑަލްތައް ރަމްޒުވާ ޝަހީދުން ދިފާއުކުރެއްވި އިސްތިގުލާލުވެސް ނީލަންކިޔާ ގައުމު ދަރަނިވެރިކުރުވި މީހާއަށް ނޫނެކޭ ބުނަން ނުކެރެނީ މަޖުބޫރުވެގެން ކަމަށާއި، އެއީ އެމީހުންގެ ފޮތުގައި އަދިވެސް ބާޣީއެއްގެ ޟުރޫރަތު އޮތުމުންކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

އަދި ގަޓު ހުރި ނަމަ މޭމަތީގައި ހުރި މެޑަލްތައް ހައްގުވިކަން ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގެން ދައްކަވަން ވީ ނޫން ތޯ ވެސް ޑރ، ޖަމީލު ވަނީ ސުވާލުކުރައްވާފައެވެ. 

ކޮމެންޓް
ލޮނު
ޟަރޫރަތް ބަދަލުވުމުން ފިކުރު ބަދަލުވާ ވާހަކަ ދެއްކުން އެންމެ ރަގަޅު ވާނީ ޖަމީލު، މައުމޫނު، ނަޝީދު، ވަހީދު، ޔާމީނު ކަމުނުގޮސްގެން ފެޔަށްޖެހި ދެއްކިވާހަކަ އަދި އަނެއްކާ ގުޅި ދެއްކިވާހަކަ.
25 Sep 2022
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.