ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން
ހަބަރު
26 Sep 2022 | 11:06
މަސްވެރިކަން ތިޔާގިވި އިރު، މަސް ކިރާނެ އިތުރު ބޯޓުތަކެއް އަދިވެސް ނުގެނެވޭ

މަސްވެރިކަން ތިޔާގިވާ މޫސުމުގައި އެކަށީގެންވާ ގޮތަކަށް މަސް ނުގަނެވޭ މައްސަލަ ހައްލުކުރުމަށް މަސް ކިރާ ބޯޓުތަކެއް ގެންނަކަމަށް ސަރުކާރުން ބުނި ނަމަވެސް މިހާރު މަސްވެރިކަން އަލުން ތިޔާގިވިއިރުވެސް އެ ބޯޓުތައް ހޯދިފައިނުވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ސުވާލުކުރުމަށް ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.

އަދި މަސް ނުކިރޭ މައްސަލަ ފާއިތުވި އޭޕްރީލުގައި ކުރިމަތިވުމުން މަސްވެރިކަން ރަނގަޅު މޫސުން ދެން އަންނަންވާއިރަށް ވަގުތީ ހައްލުތަކާއި ދާއިމީ ހައްލުތައް ހޯދައިދޭނެކަމަށް ސަރުކާރުން ވައުދުވެފައިވާއިރު، އަދިވެސް އެހައްލު ނުގެނެވެނީ ކީއްވެތޯ ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު ޔަޢުޤޫބު ޢަބްދުﷲ ސުވާލުކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ވަގުތީ ހައްލެއްގެ ގޮތުގައި ސަރުކާރުން މަސް ކިރާނެ އިތުރު ބޯޓުތަކެއް ގެނައުމަށް ނިންމި ނަމަވެސް މިހާތަނަށް އެ ބޯޓުތައް ގެނެވިފައިނުވާ ކަަމަށެވެ.

"ވަގުތީ ގޮތުން ތައްޔާރުވުމަށް އަޅުގަނޑުމެން މަސައްކަތްކުރީ އިތުރު ބޯޓު ހޯދަން. އެ ބޯޓުތަކެއް، [މަސްވެރިކަމުގެ] މި މޫސުން އައިރު އަދިއެއް ނުލިބޭ،" ޑރ.ޙުސައިން ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވަގުތީ ހައްލެއް ހޯދުމަށްޓަކައި ގެންނަން ނިންމި ބޯޓުތައް ނުގެނެވުނު ސަބަބުގެ އިތުރު ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެ ބޯޓުތައް ގަތުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ބެލިއިރު އެ ބޯޓުތައް ގަންނަން ލިބެން ނެތް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.