Advertisement

ރާއްޖެއިން މަލާވީއާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފި

ރާއްޖެއާއި މަލާވީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ރާއްޖެ އާއި މަލާވީއާއި ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކޮށްފިއެވެ.

ރާއްޖެއާއި މަލާވީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. 

ހާރިޖީ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދެވެ. މަލާވީ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ނޭންސީ ޓެމްބޯއެވެ.

Advertisement

ފޮރިން މިނިސްޓްރީން ބުނީ މަލާވީއާއެކު ގާއިމްކުރި ގުޅުމާއެކު ދެ ގައުމު ގުޅިގެން އެކި ދާއިރާތަކުން އެއްބާރުލުންދިނުމާއެކު، ބައިނަލްއަގުވާމީ މައިދާނުގައިވެސް ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

Advertisement

ކޮމެންޓް