ޕާކިސްތާނަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެފައި
ދުނިޔެ
26 Sep 2022 | 15:06
ޕާކިސްތާނުގައި ނުރައްކާތެރި ބަލިތައް ފެތުރެނީ

މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގައި އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު، އެގައުމުގައި ނުރައްކާތެރި ބަލިތައް މިވަނީ ފެތުރެން ފަށާފައެވެ.

އެގޮތުން އެގައުމުގައި ހާލުގައި ޖެހިފައި ތިބި މީހުންގެ މެދުގައި ބޭރަށް ހިންގުމައި ހޮޑުލުމައި ހުމާއި ޑެންގޫގެ އިތުރުން ކޮލެރާ ވެސް ފެތުރެމުންދާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ބޮޑުވެފައިވާ ފެންގަނޑު މިހާރު ހިނދެން ފަށާފައިވި ނަމަވެސް އެ ހާދިސާގައި ގެދޮރު ހަލާކުވި އެތައް ހާސް ބަޔަކު މިހާރު ވެސް ދިރިއުޅެން ޖެހިފައިވަނީ، ސްކޫލްތަކާއި މައިދާންތަކުގައި ސަރުކާރުން ތައްޔާރުކޮށްދިން ވަގުތީ ހިޔާތަކުގަ އާއި، ހުސް ބިންތަކުގައި އެމީހުން އަމިއްލަ އަށް ހެދި ވަގުތީ ފޭލިގެތަކުގަ އެވެ.

ފެން ބޮޑުވުމުގެ ސަބަބުން ހަލުވި ކަމާއެކު އެގައުމުގައި ބަލިތައް ފެތުރެމުންދާއިރު، ސާފު ބޯފެން ނުލިބުމާއި، ސިއްހީ ފަރުވާ އެކަށީގެންވާ ވަރަށް ނުލިބުމުގެ ސަބަބުން ގިން ބަޔަކު ދަނީ ހާލުބޮޑުވަމުންނެވެ. ތަޣައްޔަރުވެފައިވާ ފެން ބޯން މަޖުބޫރުވުމުގެ ސަބަބުން، ގިނަ އަދަދެއްގެ ކުޑަކުދިންނަށް ވަނީ ބަލިޖެހިފައެވެ. އެގޮތުން ހޮޑުލެވުމާއި ބޭރަށް ހިންގުމާއި ރޯގާ ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 10 ކުޑަކުދިން ފެނުގެ ޒަރިއްޔާއިން ފެތުރޭ އެކިއެކި ބަލިތަކުގެ ސަބަބުން ދަނީ މަރުވަމުންނެވެ.

ޕާކިސްތާނަށް މިފަހަރު ކުރި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، އެ ގައުމުގެ އެކި ޕްރޮވިންސްތަކުން، ގާތްގަނޑަކަށް 44000 އަކަ މޭލުގެ ބޮޑު ސަރަހައްދެއް ވަނީ ފެނު އަޑީގަ އެވެ. 

މި ހާދިސާގައި އެގައުމުގެ އެކި ސަރަހައްދުތަކުން 1500 މީހުން މަރުވެފައިވާއިރު، ލިބުނު ގެއްލުންތަކުގެ އަދަދު 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ދައުލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދަން މީގެ ކުރިން މަސައްކަތްކުރި ނިޔަތް ރަނގަޅެއްނޫން: ރައީސް
ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނިޒާމީ ގޮތެއްގައި މިކަން ހަރުދަނާކުރުމަށް ކަމަށެވެ
26 Aug 2026
އިގްތިސާދު ފުޅާކުރަން މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ މި ސަރުކާރުން
ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދު ކުރިއެރުވުމަށް ވަރަށް އިސްކަންދޭ އެކަމުގައި “ޕްރޯ” ސަރުކާރެއް ކަމަށެވެ
26 Aug 2026
ބޭރުފައިސާގެ މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް
ރައީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކަކީ ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ޢާންމު ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ
26 Aug 2026
ލަންކާގެ ހައިކޮމިޝަނަރު އެމް. ރިޒްވީ، ފުވައްމުލަކު އަޙްމަދު ޢަލީ ދީދީ ކްރިކެޓް ދަނޑަށް
ދަނޑަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު އެމް. ރިޒްވީ ވަނީ ފުވައްމުލަކުގައި ކްރިކެޓް ކުޅިވަރަށް އޮތް ބޮޑު ޝައުޤުވެރިކަން ފާހަގަކުރައްވާފައެވެ.
26 Aug 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
ރައީސް ވަނީ ހާދިސާގެ އަސަރުކޮށްފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެޖެންސީ ޓީމުތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ
26 Aug 2026
އެއްގަމު އުޅަނދުފަހަރު ދެން އެންމެ ގިނަވެގެން ދުއްވޭނީ 20 އަހަރުވަންދެން
ބިލުގައިވާ ގޮތުން އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެއެވެ
26 Aug 2026
މިސްކިތް ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން 10 މިލިއަން ރުޕީސް ދެނީ
މިސްކިތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފައިސާ ދިނުމަށް ނިންމާފައިވަނީ، ހާއްސަ މުނާސަބާއަކާ ގުޅިވައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ލަންކާގެ ކަމާބެހޭ ވުޒާރާ އާއި މުސްލިމް ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓް ގުޅިގެންނެވެ.
26 Aug 2026
ފޯމްތައް އިސްލާހްކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ނުވަތަ ސައްހަނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.