ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު
ހަބަރު
26 Sep 2022 | 21:17
ފިނޭ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް: ރައީސް

ހދ. ފިނޭ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އެޅުމުގެ މަޝްރޫޢުގެ ބީލަމުގެ މަރުޙަލާތައް މިހާރު ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހދ. ފިނޭ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލު ކުރައްވައި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރައްވައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ފިނޭ ކައުންސިލުން ވަނީ، މި ސަރުކާރުން، ފިނޭގައި ބޮޑު ތިން މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކަން، ފާހަގަކުރައްވައި މި ސަރުކާރާ މެދު ފިނޭގެ ރައްޔިތުންގެ އުއްމީދާއި، އިތުބާރު އޮތްކަމުގައި ވިދާޅުވެފައެވެ. އަދި، މި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ފިނޭގައި ހިންގަމުން އަންނަކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ފިނޭ ކައުންސިލާއި އ.ތ.މ ކޮމިޓީއާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުންނާއި އ.ތ.މ ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކޮށް ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. މިގޮތުން، ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އެޅުމުގެ މަޝްރޫޢުގެ ބީލަމުގެ މަރުޙަލާތައް ކުރިޔަށްދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ފިނޭއަކީ ކުށްމަދު ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ރަށެއްކަމުގައި ވުމަކީ، އުފާ ކުރައްވާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފިނޭގައި މި ސަރުކާރުން ހިންގި ބޮޑެތި ބައެއް މަޝްރޫޢުތައް މިހާރު ވަނީ މުޅިން ނިމިފައެވެ. އޭގެ ތެރޭގައި ރައްކާތެރި ބޯފެން ލިބޭނޭ ނިޒާމް ޤާއިމް ކުރުމާއި، ފެނާއި ނަރުދަމާ އެޅުމާއި، އާ އިންޖީނުގެއަކާއި އޮފީސް ޢިމާރާތް ތަރައްޤީ ކުރުމާއި، ރަށުގެ ކަރަންޓް ނެޓްވޯރކް ބަދަލުކުރުމުގެ މަޝްރޫޢު ވަނީ ނިމިފައެވެ. މީގެ އިތުރުން އާރް.ޓީ.އެލް.ގެ ހައި-ސްޕީޑް ފެރީގެ ޚިދުމަތްވެސް ފިނޭގެ ރައްޔިތުންނަށް ދަނީ ލިބެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.