ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ--ފޮޓޯ: ހޯމް މިނިސްޓްރީ
ހަބަރު
27 Sep 2022 | 13:25
ދިވެހި ގައުމިއްޔަތު ދެމެހެއްޓޭނީ އިސްލާމީ އަޚްލާގުގެ ފޭރާންލައި ޖަރީވެގެން: ޢިމްރާން

ދިވެހި ގައުމިއްޔަތު ދެމެހެއްޓައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނީ އިސްލާމީ އަޚްލާގުގެ ފޭރާމުން ފޭރާންލައި ޖަރީވެގެން ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ. 

ޢިމްރާން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ހއ.އުތީމުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ ޤައުމެއްވެސް ބިނާވެގެންވަނީ އެޤައުމެއްގެ ޤައުމިއްޔަތުގެ ބަހާތަކާއި,އަސާސްތަކާ ރުކުންތަކުގެ މައްޗަށްކަމަށެވެ. އެގޮތުން ދިވެހި ޤައުމިއްޔަތުގެ ބަހާތަކަކީ މާތްވެގެންވާ އިސްލާމް ދީނާއި, ދިވެހިބަހާއި, ދިވެހި ޘަޤާފަތާއި އާދަކާދަތައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ޤައުމު ޤައުމެއްގެ ގޮތުގައި ފޯރުކޮށްދެވޭނީ އެކަންކަމަށް ރައްކާތެރިވެގެންކަމަށެވެ.

"އުފެދި ބޮޑުވެގެން އަންނަ ޖީލުތަކުގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްޙަ އަޤީދާ ކަނޑާ ބިންވަޅުނެގިގެން. އީމާންކަމުގެ ރުކުންތަކާއި, އިސްލާމްކަމުގެ ރުކުންތައް ފުރިހަމައަށް ދަސްކޮށްދެވިގެން. ފަރުޟު ފަސްނަމާދަށް ރައްކާތެރިވުމީ ހަށިގަނޑާއި ރޫހު ސާބިތުކުރާ އަސާސްކަމުގައި ހަދައިގެން. އިސްލާމީ ރިވެތި އަޚުލާޤުގެ ފޭރާމުން ފޭރާންލައި ޖަރީވެގެން. ދިވެހި އަދަބިއްޔާތާ ބަސްމޮށުންތެރިކަމަށް ސަމާލުކަމާ އިސްކަންދެވިގެން. ދިވެހި ތާރީޚާއި, ޘަޤާފަތާ އާދަކާދަތައް ނަގަހައްޓާ ދިރުވައިގެން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅިވީ ޤައުމެއް ކުރިއަރާ ތަރައްޤީވާނީ އެޤައުމެއްގެ ދަރީން ބިނާކޮށް, ތަރުބިއްޔަތުކޮށް މީހުންނަށް ހަދައިގެންކަމަށެވެ. މީހުން ބިނާކުރުމުގައިވެސް އެންމެ ކާމިޔާބު ފަލްސަފާއަކީ ޤައުމީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ ބޮޑުތަކުރުފާނުގެ ފަލްސަފާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއީ "މީހުން މީހުންނަށްވާނީ މީހުންނަށް ހެދީމައެވެ." ފަލްސަފާއެވެ.

މިނިސްޓަރ ވިދާޅުވީ ހެޔޮލަފާ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ފުރިހަމަ ސިފަތަކެއް ބޮޑުތަކުރުފާނުގެ ކިބައިން ފެންނަން ހުރިކަން އެތަކުރުފާނުގެ ހަޔާތްޕުޅު ދިރާސާކުރުމުން ފެންނަކަމަށެވެ. އެގޮތުން ޢިލްމްވެރިކަމާއި, ހިކުމަތްތެރިކަމާއި, ކެތްތެރިކަމާއި, އޯގާވެރިކަން އިސްކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ބޮޑުތަކުރުފާނަކީ އާދަޔާހިލާފަށް ނެވިކަމާއި, ހެވިކަން ދަސްކުރައްވައިގެން މައިދާނަށް ނިކުންނެވި ކޮމާންޑަރެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދިހަމައެހެންމެ އެއީ އިސްނެންގެވުމާއި, ކެރިވަޑައިގަތުމާއި, ޖެހިލުންކުޑަކަމުގެ ސިފަ ލިބިވަޑައިގެން ހުންނެވި ވަރުގަދަ ލީޑަރެއްކަންވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ އުތީމްގައި މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އިތީމް ކައުންސިލާއި މުއައްސަސާތަކާއި, ރައްޔިތުންގެ ކުރައްވާ ބުރަ މަސައްކަތާއި, ޤުރުބާނީ ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ