ހީނާ ވަލީދު ޕީޕީއެމް އޮފީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ހަބަރު
27 Sep 2022 | 16:24
އެކަކު ބުނީ އެހެންވާ ވައުދެއް ނޫނޭ، އަނެކަކު ބުނީ ވައުދުވީ ދިރާސާ ނުކޮށްކަމަށް: ހީނާ

އައްޑޫ ސިޓީގައި ޓުއަރިޒަމް ސިނާއަތު ފުޅާކުރުމަށް 8000 އެދުގެ ޖާގަ އުފައްދަވާނެކަމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވީ ވައުދަށް ވީ ކިހެނެއްތޯ އައްސަވާ އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ސުވާލު ކުރައްވައިފިއެވެ. 

ހީނާ މިފަދައިން ސުވާލު އުފައްދަވާފައިވަނީ ތިލަދުންމަތީގައި 8000 ޓުއަރިސްޓު އެނދު ތަރައްގީކުރައްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 

ހީނާ ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގެން ކުރައްވާނެކަމަށް ވިދާޅުވެ ރައްޔިތުންނަށް ވާ ވައުދުތަކާއި ގުޅިގެން ތަފާތު ގޮތްގޮތަށް ވާހަކަ ބަދަލުކުރައްވާކަމަށެވެ. 

އެގޮތުން ރައީސް ސޯލިހު ރަށްށަށް ކުރައްވާ ދަތުރުފުޅުތަކުގައި ވެ ވަޑައިގެންވާ ވައުދުތަކީ ފުއްދަވަން ޖެހިވަޑައިގަންނަވާ ވައުދަތެއް ނޫން ގޮތަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ދާއިރު، އެފަދައިން ވައުދުވަމުން ދަނީ ދިރާސާ ކުރެއްވުމަށްފަހު ވައުދު ފުއްދޭނެކަން ޔަގީން ކުރައްވާފައި ނޫންކަމަށް ސަރުކާރުގެ މިނިސްޓަރުން ވިދާޅުވާކަމަށް ހީނާ ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވަނީ މި ފަދައިން ވާ ވައުދުތަކުގެ ހަގީގަތީ ކޮބައިތޯ އައްސަވާފައެވެ. 

ރައީސް ސޯލިހު ރާއްޖޭގެ އެކި ކަންނޮޅުތަކަށް ކުރައްވާ ދަތުރުތަކުގައި އެ ރަށްތަކަށް ޚާއްސަކޮށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގަންނަވައެވެ. 

އެ ވައުދުތަކާއި ގުޅިގެން މަޖިލީހުގައި ބައެއް މެމްބަރުން ވަޒީރުންނާއި ސުވާލުވެސް ކުރައްވައެވެ. 

ދާދިފަހުން މަޖިލީހުގައި ރައީސް ސޯލިހު ވެލެއްވި ވައުދަކާއި ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަކާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރަށްރަށުގެ ފޮތިގަނޑުތަކުގައި ދަމާފައި ހުންނަ ވައުދުތަކަކީ ފޮތިގަނޑުތަކުގައި ތައްގަނޑު ޖެހި ކުދިންގެ ވައުދުތަކެއްކަމަށެވެ. 

ސަރުކާރުން ފުއްދަން ޖެހޭނީ މެނިފެސްޓޯގައި ލިޔެފައި ހުންނަ ވައުދުތައް އެކަނިކަމަށް ދޭހަވާ މޭރުމުން ނަޝީދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ