ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު--ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Sep 2022 | 16:21
އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުތެރޭ ތިލަދުންމަތީގައި 8،000 އެނދު ޤާއިމުކުރުން: ރައީސް

އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުތެރޭގައި ތިލަދުންމަތީގައި ފަތުރުވެރިކަމުގެ 8،000 އެނދު ޤާއިމުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ހއ. އުތީމުގައި އަލަށް ޢިމާރާތްކުރި އާ އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުވައި ދެއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، އާ އިންޖީނުގެ ހުޅުވިގެން ދިޔުމާއެކު އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައީ ކަމަށެވެ. އަދި މި އިންޖީނުގެއާއި އެކު އުތީމުގައި ކަރަންޓަށް 24 އަހަރު ރައްޔިތުން އުފުލަމުންދިޔަ ބުރަ، މިއަދު ނިމުމަކަށް އައިސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. 

ރައީސް ޞާލިހު ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްޤީ ކޮށްގެންކަމަށާ، ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމާއި، އިޤްތިޞާދީގޮތުން ދުނިޔެއަށް ދިމާވާ އެކި ގޮންޖެހުންތަކާއެކުވެސް ސަރުކާރުން އަތޮޅުތަކުގެ ތަރައްޤީ ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ލިބޭ އެންމެބޮޑު ހިތްހަމަޖެހުންކަމަށެވެ.

މިއާއެކު ބޮޑު ތިލަދުންމައްޗަށް ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ހަނިމަދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކޮށް އިޤްތިޞާދީ ބާރުވެރި ސަރަހައްދަކަށް ހެދުމަކީ ރައީސްގެ އަމާޒުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއާޕޯޓު ތަރައްޤީ ކުރުމާއެކު ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި އަށް ހާސް އެދު ބޮޑު ތިލަންދުން މަތީގައި ޤާއިމް ކުރުމަކީ އެމަނިކުފާނުގެ ތަސައްވުރެއް ކަމަށެވެ. އަދި އެއާޕޯޓްގެ މަސައްކަތް ނިމުން ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް އިންވެސްޓުކުރަން ބޭނުންވާ ފަރާތްތައް އިތުރު ވެގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު ފަސް އަހަރު ތެރޭގައި އެންމެ ލަސްވެގެން 8000 އެނދު ޕްލޭން ކޮށްގެން ރާވައިގެން ކުރިއަށް ގެންދިއުން، އަޅުގަނޑު ހިތުން މި ސަރަހައްދުގައި ޓޫރިޒަމް ޑިވޮލޮޕް ކުރާނެ އިންވެސްޓަރުން ދެން ފަހަތަށް ނުޖެހޭނެ،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ތިލަދުންމަތީގެ ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެ ސަރަހައްދުގައި ރަނގަޅު ފެންވަރުގެ އެއާޕޯޓެއް ނެތުން ކަމަށެވެ. ވުމާއެކު މިދައުރު ނިމުމުގެ ކުރިން ހަނިމާދޫ އެއާޕޯޓް ނިންމާލުމަކީ އެމަނިކުފާނުގެ ޢަޒުމެއް ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.