ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަދި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އާރްޓީއެލް ފެރީގައި ދަތުރުކުރައްވަނީ
ހަބަރު
28 Sep 2022 | 09:29
އާރްޓީއެލް ފެރީން ބައިލައްކަ އަށްވުރެ ގިނަ މީހުން ދަތުރުކޮށްފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީން މިހާތަނަށް ބައިލައްކައަށް ވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޒޯން 1 ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް، "ބޮޑުތިލަދުންމަތި ގުޅާލުން" މިނަމުގައި މިރޭ، ހއ. ދިއްދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަސްލަމް ވިދާޅުވީ، އާރްޓީއެލް ފެރީގެ ޒޯން އެކެއްގައި ހިމެނޭ 41 ރަށުން މިހާތަނަށް 56،238 މީހުން މި ޚިދުމަތް ބޭނުންކޮށްފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ހައިސްޕީޑް ފެރީގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަބަދުވެސް މީހުން ބުނަމުންދިޔަ ކަމަށާއި އެކަމަކީ ޚަރަދު ބޮޑު ކަމެއް ކަމަށްވެސް ބުނަމުން ދިޔަ ކަމަށެވެ. އެހެން ނަމަވެސް މިކަން ކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އޮތް ކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

"އަބަދުވެސް މީހުން ބުނަމުން ގެންދޭ، ތިއީ ކުރެވޭ ވަރުގެ ކަމެއް ނޫނޭ، މާ ހަރަދު ބޮޑު ކަމެކޭ، މީހުން ދަތުރަކަށް ނާރާނޭ، އެހެން ނަމަވެސް އަޅުގަނޑުމެންނަށް ޔަގީންކަން އޮތޭ މީހުން ދަތުރަށް އަރާނެކަންވެސް،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ދިނުމަށް ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށާއި އެކަމަކީ ސަރުކާރުން ބޮޑު ހަރަދެއް ނުކޮށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ/ އަދި އެކަން ވަޒަން ކުރާނީ ދަތުރުކުރާ ފަރާތްތަކުން ގަންނަ ޓިކެޓުން ލިބޭ ރުފިޔާއަށް ނޫން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން ހއ، ހދ އަދި ށ އަތޮޅަށް ވަނީ އެ ހިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ