ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާރްޓީއެލް ފެރީގައި ދަތުރުކުރައްވަނީ
ވިޔަފާރި
28 Sep 2022 | 09:34
އާރުޓީއެލް ފެރީ މަޝްރޫއާއެކު ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ: އާޒިމް

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ހިދުމަތުން ތަރައްގީ އާއި ވަޒީފާގެ ތަނަވަސްކަން އުފެދިގެންދާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާރުޓީއެލް ފެރީ ބޮޑުތިލަދުންމަތީގައި ރަސްމީކޮށް އިފުތިތާހުކުރުމަށް ހއ. ދިއްދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެ މަޝްރޫއު އެއްކޮށް ނިމިގެންދާއިރު ގިނަ އަދަދެއްގެ ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ. އަދި ހަމައެހެންމެ އެ ފަރާތްތަކަށް ރަނގަޅު އާމްދަނީއެއްވެސް ލިބިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މުޅި ރާއްޖެއަށް މި ހިދުމަތް ތައާރަފުވެގެންދާއިރު ފަޅުވެރިންނާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި 800 އެއްހާ މުވައްޒަފުންނަށް ވަޒީފާ ލިބިގެންދާނެ ކަމަށާއި، އެއީ މުސާރައަށް ބަލައިލާނަމަ ގާތްގަނޑަކަށް 10،000 އާއި 18،000 އާ ދެމެދުގެ މުސާރައެއް ގެންދާނެ ބައެއް ކަމަށެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް މުޅި ރާއްޖެއަށް ދެވޭއިރު ފްލީޓުގައި 82 ފެރީ އާއި ކޮންމެ ރަށެއްގައި ޓާމިނަލެއް އަދި ތިން ސަރަހައްދެއްގައި ފެރީގެ އުޅަނދުތަކަށް ހިދުމަތް ދޭނެ ބޯޓު ޔާޑެއް ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. 

އާރްޓީއެލް ފެރީގެ ޒޯން އެކެއްގައި ހިމެނޭ 41 ރަށުން މިހާތަނަށް ބައިލައްކައަށް ވުރެ ގިނަ މީހުން ވަނީ މި ޚިދުމަތް ބޭނުންކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.