ހއ.ދިއްދޫ އަތޮޅު ގޭގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Sep 2022 | 15:19
ކުނީގެ މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރެވެމުން: ރައީސް ޞާލިހު

ކުނީގެ މައްސަލަ ޙައްލު ކުރުމަށް ކުނބުރުދޫގައި މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އެ މަސައްކަތް ނިމި ކުނި މެނޭޖްކުރެވޭނެ ވަޞީލަތްތައް ޤާއިމުކުރެވި އެ މަސައްކަތް ފެށުމަކީ ދިއްދޫގެ ކުނީގެ މައްސަލަޔަށް ޙައްލުތަކެއް ލިބިގެންދާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހއ. ދިއްދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ޚިޔާލު ބަދަލު ކުރައްވައި ދިއްދޫ އަތޮޅު ގޭގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދިއްދޫ ކައުންސިލުން ވަނީ، ދިއްދޫގައި މިހާރުވެސް ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ނިމިފައިވާކަމާއި އަދި، ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ. ދިއްދޫގެ ތަރައްޤީއަށް ރައްޔިތުންބޭނުންވާ އިތުރު ކަންކަމުގެ ތެރޭގައި، ހއ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރުމާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި، ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނެ ގޮތެއް ހޯދުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ދިއްދޫގެ ކައުންސިލް މެމްބަރުންނާއި، އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންތައްތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ،  ކުނީގެ މައްސަލަ ޙައްލު ކުރުމަށް ކުނބުރުދޫގައި މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އެ މަސައްކަތް ނިމި ކުނި މެނޭޖްކުރެވޭނެ ވަޞީލަތްތައް ޤާއިމުކުރެވި އެ މަސައްކަތް ފެށުމަކީ ދިއްދޫގެ ކުނީގެ މައްސަލަޔަށް ޙައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.

ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަންކުރާ ރަށަށް ވުމާއިއެކު ރަށުގެ ތަރައްޤީއަށް މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގިފައެވެ. އަދި މިހާރުވެސް ބައެއް މަޝްރޫޢުތައް ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި ދިއްދޫގެ ބަނދަރުގެ މަސައްކަތާއި، އާ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަޝްރޫޢާއި، ޖޫނިއަރ ކޮލެޖާއި އިސްލާމިކް ސެންޓަރެއް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ކޮމެންޓް
އަހްމަދު
ކުނބުރުދޫގަ ރިސޯޓެއް ބޭނުމީ ކުނިމެމޭޖް ކުރާކަށްނޫން
28 Sep 2022
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.