ހެލްތު މިނިސްޓަރު އަހުމަދު ނަސީމް/ ފޮޓޯ: ހެލްތު މިނިސްޓްރީ
ހަބަރު
29 Sep 2022 | 10:11
މި ސަރުކާރުން ގެނަ ހެޔޮ ބަދަލުތައް އެންމެ ބޮޑަށް ފެންނަނީ ސިއްހީ ދާއިރާއިން: ނަސީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ދިވެހިރާއްޖެއަށް ގެނައި ހެޔޮ ބަދަލުތައް އެންމެ ބޮޑަށް ފެންނަނީ ސިއްހީ ދާއިރާއިން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެެއެވެ.

ބ.ދަރަވަންދޫ ޞިއްޙިމަރުކަޒުގައި އަވަސް ފަރުވާދޭ ޔުނިޓެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކާއި ވެރިކަންކުރާ ރަށުން ލިބެން ހުންނަ ޚިދުމަތްތަކުގެ ފަރަޤު ކުޑަކޮށް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ކޮންމެހެންވެސް ލިބެންޖެހޭ ޚިދުމަތްތައް ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ޤާއިމުކޮށް، މި ސަރުކާރުން ފައްޓަވާފައިވާ މަސައްކަތަކީ ޞިއްޙީ ދާއިރާއަށް އިންތިހާއަށް ބޭނުންތެރި ކަމެއް ކަމަށެވެ. 

"ރަށު ފެންވަރުގައި ދެވޭ ހުރިހާ ޚިދުމަތެއް ވަނީ ލާމަރުކަޒުކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތްދެވޭނެ ގޮތަށް އިންތިޒާމު ކުރެވިފައި. ހެޔޮ ބަދަލުތަކެއް މިހާރުވަނީ، ހުރިހާ ދާއިރާއަކުންވެސް އައިސްފައި. މި ހެޔޮ ބަދަލުތައް އެންމެބޮޑަށް ފެނިގެންދާ އެއް ދާއިރާއަކީ، ޞިއްޙީ ދާއިރާ."

ނަސީމް ވިދާޅުވީ،  އަސާސީ ޚިދުމަތްތައް، ތަފާތެއްނެތި އެންމެހާ ރައްޔިތުންނަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޤާއިމުކުރަންޖެހޭކަމަށާ އަދި އެހެނިހެން ފަރުވާތައް ކައިރި ހިސާބަކުން ލިބެން ހުރުމާ، މާލެއަށް ބަރޯސާވުން ކުޑަކޮށް، ޚިދުމަތް ހޯދުމަށް ދަތުރުކުރެވޭނެ ފަސޭހަ ޚަރަދުކުޑަ އިންތިޒާމެއް އޮންނަންޖެހޭ ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ކޮންމެ ރަށެއްގައި، ނުވަތަ ކޮންމެ އަތޮޅެއްގައި އަދި ސަރަޙައްދެއްގައި ވެސް މި ދެންނެވިފަދަ، އަގުބޮޑު ސާމާނު ބަހައްޓައިގެން، ސްޕެޝަލިސްޓުންގެ ޚިދުމަތް ޤާއިމު ކުރުމަކީ، ދެމެހެއްޓެނިވި އަދި ޕްރެކްޓިކަލް ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

"ޞިއްޙީ މަރުކަޒުތައް ޢިމާރާތްކޮށް ފެންވަރުމަތިކޮށް، އައު ޚިދުމަތްތައް ޤާއިމުކުރެވިގެން ދާންވާނީ، ހަމައެކަނި ސިޔާސީ މަޤްޞަދެއްގައި ވާ ވަޢުދެއްގެ ޕްރެޝަރގެ މައްޗަށް ބިނާވެގެންނެއްނޫން. އޭގެ ބަދަލުގައި ޚިދުމަތްތައް ޤާއިމުކުރުމުގެ ނިންމުންތައް ވާންޖެހޭނީ ސާބިތުހިފޭ ފަންނީ މަޢުލީމާތާއި ލަފަޔަށް ބިނާކޮށް. އަދި މިއަދާ މާދަމާވެސް، އެ ޚިދުމަތްތަކަށް ޑިމާންޑް އޮންނާނެކަމާއި، އެތަނުގައި ބަހައްޓާ މެޝިނަރީ އާއި ބައިތިއްބާ ޞިއްޙީ ޚިދުމަތްތެރިންގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފޭނީ ޚިދުމަތް ކުރިމަގުގައިވެސް އެ ފެންވަރުގައި ދެމެހެއްޓޭނޭކަން ކަށަވަރުކޮށް، ދުރު ރާސްތާގެ ޕްލޭންތަކަށް ރިޢާޔަތްކޮށްގެންކަން." ނަސީމް ވިދާޅުވި އެވެ. 

މި މޭރުމުން ވާހަކަދައްކަވަމުން ނަސީމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެހެނިހެން ދާއިރާތަކުން ދެމުން ގެންދާ އަދި ކުރިއަށް ރާވާފައިވާ ޚިދުމަތްތަކާ ވަޞީލަތްތަކާ، އަމިއްލަ ވިޔަފާރިތަކާ އަމިއްލަ އެކިއެކި ފަރާތްތަކުން މިހާރު ދެމުންދާ ޚިދުމަތްތަކާ، ޞިއްޙީ ދާއިރާއިން ޤާއިމުކުރާ ޚިދުމަތްތައް ގުޅުވާލައިގެން، އެންމެންނަށް އެއްބަސްވެވޭ ޕްލޭނެއްގެ މައްޗަށް އިންތިޒާމް ކުރުމަކީ ޚިދުމަތްތައް އަވަސްވެ، ފަސޭހަވެ، އަގު ހެޔޮވެ އަދި ދެމެހެއްޓެނިވިގޮތެއްގައި ދިނުމަށް އޮތް އެންމެ ފަހި ވިސްނުން ކަމުގައި މިސަރުކާރުން ދެކޭ ކަމަށެވެ. 

"މި ސަރުކާރުގެ ވިސްނުމަކީ، ޞިއްޙީ ޚިދުމަތް ލިބުގަތުމާ ޚިދުމަތް ފޯރުކޮށްދިނުމުގެ ވަށައިގެންވާ ކަންކަމަށް ވިސްނުމަށް ފަހު، ރާއްޖޭގެ އެކި ސަރަހައްދަށް ބަހާލާ "ކްލަސްޓަރ" ކޮށްގެން، އެ ވަޞީލަތްތައް ޤާއިމުކޮށް ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުން. މިއީ ދެމެހެއްޓިނިވި ގޮތެއްގައި މިފަދަ ޚިދުމަތްތައް ދެވޭނެ ހަމައެކަނި ގޮތް." ނަސީމް ވިދާޅުވިއެވެ. 

އެފަދައިން ޚިދުމަތްތައް ބައްޓަން ކުރުމުގައި، ކުރިއަށް އެނގި ތާވަލުކުރެވިގެން ދެވޭ އަގުހެޔޮ، އިތުބާރުހުރި، ހައި ސްޕީޑް ޕަބްލިކް ފެރީގެ ނިޒާމެއްއޮތުމުން، ޞިއްޙީ މަރުކަޒުތަކުންކުރާ އައުޓްރީޗް ދަތުރުތަކާ، ލެބޯޓަރީތަކަށް ސާމްޕަލްތައް ފޮނުވުމާ، އަދި އަތޮޅު ތެރޭގައި މެޑިކަލް ސަޕްލައިޒް އެއްރަށުން އަނެއް ރަށަށް ފޮނުވުމަށްވެސް ވަރަށްބޮޑަށް ފަސޭހަވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

އަދި ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް މި ސަރުކާރުން ފެއްޓެވި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ހައި ސްޕީޑް ފެރީގެ ޚިދުމަތުގެ ސަބަބުން ހެޔޮ ބަދަލެއް އެންމެބޮޑަށް ފެނިގެންދާނެ އެއް ދާއިރާއަކީ، ޞިއްޙީ ދާއިރާކަންވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
މިގޮތުން މި ޚިދުމަތުގެ ސަބަބުން އަމިއްލައަށް ދަތުރު އިންތިޒާމް ކޮށްގެން ޞިއްޙީ ޚިދުމަތް ހޯދުމަށް ބޮޑެތި ހޭދަކުރަންޖެހޭތީ، އާއްމުކޮށް ހޯދަންޖެހޭ ފަރުވާ ނުހޯދި ލަސްވެ، ބަލި ޙާލަތު ބޮޑުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މި ފަދަ ޚިދުމަތެއް ތަޢާރަފް ކުރުމުން ކައިރި ހިސާބުތަކުން ފަސޭހަ އަދި ހަރަދު ކުޑަކޮށް ޞިއްޙީ ޚިދުމަތް ހޯދުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ބޮސްނިއާގެ މުސްލިމުން ޤަތުލުކުރި މޭސްތިރި "ރަޓްކޯ މްލަޑިޗް" ޖަލުގައި އޮވެ މަރުވެއްޖެ
އޭނާގެ ބެލުމުގެ ދަށުން 1995 ވަނަ އަހަރު ސްރެބްރެނިކާގައި ކުށެއް ނެތް 7000 އަށް ވުރެ ގިނަ މުސްލިމު ފިރިހެނުންނާއި ކުޑަކުދިން ރަޙުމެއް ނެތި ޝަހީދުކޮށްލެވުނެވެ. ހަމައެހެންމެ ސަރަޖޭވޯ ވަށައިލައިގެން އެތައް އަހަރެއް ވާންދެން ދެވުނު ހަމަލާތަކުގައި 10000 އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރައިލެވުނެވެ
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
27 Aug 2026
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.