މަޑަވެލި ޓީއެސް ލައިން ދޯނި
ހަބަރު
29 Sep 2022 | 10:06
މަޑަވެލި ދޯންޏަކުން 57 ޓަނަށްވުރެ ގިނަ މަސް އެއްދުވަސްތެރޭ ބާނައި ރިކޯޑެއް ހަދައިފި

ގދ. މަޑަވެލީ ޓީއެސް ދޯނިން އިއްޔެ 57.152 ޓަނުގެ މަސް ކިރާ އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ބޭނުމުގެ ރެކޯޑް އާ ކޮށްފިއެވެ.

މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އިސްމާއީލް ފައުޒީ ކުރެއްވި ޓްވީޓެއްގައި ދެކުނުގެ މޫސުން އެންމެ ރަގަޅަށް ތަން ނުދިންކަމުގައިވިޔަސް އިއްޔެ މަހަށް ނިކުތް ޓީއެސް ލައިން ދޯނިން ވަނީ 57.152 ޓަނު މަސް ކޫއްޑޫއަށްކިރުވައި، އެއްދުވަހެއްގެ ދޮށީގެ މަސްވެެރިކަމުގެ ރިކޯޑެއް ހަދާފައި ކަމަށެވެ.

އެ ދޯނިން ކިރި މަަހަށް ވަނީ 971،584 ރުފިޔާ ލިބިފައެވެ. އެކަމާއި ގުޅިގެން ފައުޒީ ވަނީ ދޯނީގެ ފަޅުވެރިންނާއި ކެޔޮޅު ކުރި ހިތްވަރަށް ތައުރީފް ކޮށްފައެވެ.

ފައުޒީ އިތުރަށް ވިދާޅުވީ އެ ދޯންޏަކީ މިދިޔަ އަހަރުވެސް އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސްކިރި ދޯނި ކަމަށާއި އެގޮތުން މިދިޔަ އަހަރު އެ ދޯނިން 1095.805 ޓަނުގެ މަސް މިފްކޯއަށް ކިރާފައިވާ ކަމަށެވެ.

ޓީއެސް ލައިން ދޯނިން އިއްޔެ މިފްކޯއަށް 57 ޓަނަށްވުރެ ގިނަ މަސް ކިރާފައިވާއިރު، މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި 49.9 ޓަނު ކޫއްޑޫއަށް ކިރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.