ޕާކިސްތާނަށް އެހީވުމުގެ ގޮތުން ބޮޑު ޓެލެތޯނެއް ރާއްޖޭގައި ބާއްވަނީ
ހަބަރު
29 Sep 2022 | 15:17
ޕާކިސްތާނަށް އެހީވުމަށް ބޮޑު ޓެލެތޯނެއް ބާއްވަނީ

މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގައި އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވާން ރާއްޖޭގެ މީޑިއާތައް ގުޅިގެން ޓެލެތޯނެއް ބާއްވަން ނިންމައިފި އެވެ.

މި ޓެލެތޯން ޕީއެސްއެމާއި ވީޓީވީ އާއި އެމްބީއެން އަދި ޗެނަލް 13 އިން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޓެލެތޯން ދެ ޗެނެލަކުން ލައިވްކުރާއިރު، "ވޮއިސް" އޮންލައިނާއެކު އިތުރު ތިން އޮންލައިނެއްވެސް ބައިވެރިވާނެއެވެ. 

"ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" އިން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ އަންނަ ހޮނިހިރި ދުވަހުގެ ހެނދުނު 8:00 އިން އެ ދުވަހުގެ ރޭގަނޑު 12:00 އާ ހަމައަށެވެ.

ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ވަނީ ރާއްޖެ އާއި ޕާކިސްތާނުގެ ކާ އެއްޗެހި ވިއްކުމުގެ އިތުރުން ކަލްޗަރަލް ޝޯއެއް ބާއްވައިގެން ވެސް ފައިސާ ހޯދަން ނިންމައިފަ އެވެ.

މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގައި އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު، އެގައުމުގައި ނުރައްކާތެރި ބަލިތައް މިވަނީ ފެތުރެން ފަށާފައެވެ.

ޕާކިސްތާނަށް މިފަހަރު ކުރި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، އެ ގައުމުގެ އެކި ޕްރޮވިންސްތަކުން، ގާތްގަނޑަކަށް 44000 އަކަ މޭލުގެ ބޮޑު ސަރަހައްދެއް ވަނީ ފެނު އަޑީގަ އެވެ. 

މި ހާދިސާގައި އެގައުމުގެ އެކި ސަރަހައްދުތަކުން 1500 މީހުން މަރުވެފައިވާއިރު، ލިބުނު ގެއްލުންތަކުގެ އަދަދު 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް
ުޔު
ޝުކުރިއްޔާ
29 Sep 2022
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ