އެމްޑީ އަލަމްގިރް
ހަބަރު
29 Sep 2022 | 22:03
އެއްޖިންސުން ގުޅުން ހިނގައި، އޮރިޔާން ވީޑިއޯ ކުރި އަލަމްގިރަށް ދެއަހަރާއި ނުވަ މަހުގެ ހުކުމެއް!

ރާއްޖޭގެ ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގައި އެ މަންޒަރު ވީޑިއޯ ކުރި ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް ގެ މައްޗަށް ދައުލަތުން އުފުލި 40 ދަޢުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، ދެ އަހަރާއި ނުވަމަސް ދުވަހަށް އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. 

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ، ދައުލަތުން ބަނގްލަދޭޝް ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރްގެ މައްޗަށް ދަޢުވާކުރާ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ މި ދަޢުވާއަށް އެމްޑީ އަލަމްގިރް އިބްތިދާއީ މަރުޙަލާގައާއި، އަވަސްނިޔާގެ ޝަރީޢަތުގެ މަރުޙަލާގައި އެމްޑީ އަލަމްގިރް އިޢުތިރާފްވެފައިވާތީ، އެމްޑީ އަލަމްގިރްގެ ޞައްޙަ އިޢުތިރާފުން މި މައްސަލަ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާ ކަމަށެވެ. 

އަލަމްގިރު ގެ މައްޗަށް އުފުލި 40 ދަޢުވާގެ ހުކުމްވެސް ވަކިވަކިން ކޮށްފައިވާއިރު އެއިން ކޮންމެ ދައުވާ އަކަށްވެސް އައިސްފައިވަނީ 27 ދުވަހުވެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ސާބިތުވި 40 ދައުވާގެ ތެރެއިން ދެދައުވާއަކަށް ތަންފީޒު ކުރަން ޖެހޭ ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށާއި އަދި ތިން ވަނަ ދައުވާގައި އިއްވި ހުކުމުން 25 ދުވަސް ތަންފީޒުކޮށް ނިމިއްޖެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެހެންކަމުން ތިން ވަނަ ދައުވާ އިން އަލަމްގިރު ތަންފީޒު ކުރަން ޖެހޭނީ ދެދުވަހެވެ. ވުމާއެކު ހުކުމަށް ބަލާއިރު އަލަމްގިރު ތަންފީޒު ކުރަން ޖެހޭނީ 38 މައްސަލައިގެ ހުކުމެވެ.

އަލަމްގިރީގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ އޭނާ އެތައް ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެނިގެންދާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ. 

އެ ވީޑިއޯތަކުގައި އަލަމްގިރި ރާއްޖޭގެ މަޝްހޫރު ސިޔާސީ ފަރާތްތަކާ ހައިޕްރޮފައިލް ފަރާތްތަކާއެކު އެއްޖިންސުން ގުޅުން ހިންގާތަން ފެނިގެންދެއެވެ. މީގެ އިތުރުން ވެސް އޭނާ އާއިއެކު އެއްޖިންސުން ގުޅުންހިންގި މީހުންގެ ތެރޭގައި ދިފާއީ ބާރުތަކުގައި މަސައްކަތް ކުރާ ފަތާތްތަކާއި، ސަރުކާރުގެ އެކި އިދާރާތަކުގެ އިތުރުން ބައެއް ސުކޫލުތަކުގެ މުދައްރިސުންވެސް ހިމެނެއެވެ. 

މީގެކުރިން އަލަމްގިރިގެ މައްޗަށް އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާއެވެ. އެ ދަޢުވާތަކަށް އޭނާ އިޢުތިރާފުވެފައިވާތީ, ކުށް ސާބިތުވާކަމަށް ކަނޑައަޅައި މިދިޔަ މަހުގެ 31 ގައި ކޯޓުން ޙުކުމް އިއްވީ ހަތް މަހާއި, ހަ ދުވަހަށް އޭނާ ޖަލަށްލުމަށެވެ.

އެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ މައްޗަށް ވަނީ 3 މަސް ދުވަހުގެ ގޭ ބަންދުގެ ހުކުމެއް ކޮށްފައެވެ. އަދި އެ މައްސަލައިގައި ޝާމިލުވާ ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި ދެމަހަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު, އިތުރު ބައެއް މީހުންގެ މައްޗަށްވެސް ވަނީ ދައުވާކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.