މާލެސިޓީގެ މޭޔަރ މުހައްމަދު މުއިއްޒު
ހަބަރު
30 Sep 2022 | 10:01
މިހާލުގައި ތިއްބައި، ނަންބޯޑު މައްސަލާގަައި ފިޔަވަޅު އެޅުމަކީ އިތުރު ބުރައެއް: ޑރ.މުއިއްޒު

އެއްގަމު ދުއްވާ އުޅަނދުތަކުގެވެސް ނަންބަރު ބޯޑު ހުންނަންވާނީ ގަވާޢިދާއި އެއްގޮތަށް ކަމަށާ އެހެން ނަމަވެސް ރައްޔިތުންގެ އަތާ އަނގަޔާ ދިމާނުވާ ޙާލު ތިއްބާ އެކަން މަޖުބޫރު ކުރުވުމަކީ ރައްޔިތުންނަށް ޖެއްސޭ އިތުރު ބުރައެއް ކަމަށް މާލެސިޓީގެ މޭޔަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އެންގުމާއި ގުޅިގެން ގަވާއިދުގައިވާ ގޮތުގެ މަތިން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު އޮކްޓޯބަރު 1 ވަނަ ދުވަހު ފެށިގެން ގަވާއިދުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޑރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ކަމަކަށްވެސް މުނާސަބު ވަގުތެއް އޮންނާނެ ކަމަށެވެ. އަދި ރައްޔިތުން މިހާރު ތިބި ހާލަތުގައި ތިއްބައި، ނަންބޯޑު މައްސަލާގަައި ފިޔަވަޅު އެޅުމަކީ ޒުވާނުންނާއި ޢާއްމު ރައްޔިތުންނަށް އިތުރު ތަކުލީފެއް ލިބިގެންދާނެ ކަމެއް ކަމަަށް ވެސް ވިދާޅުވިއެވެ.

"ނަންބަރު ބޯޑު ހުންނަންވާނީ ގަވާޢިދާއި އެއްގޮތަށް، ނަމަވެސް ރައްޔިތުންގެ އަތާ އަނގަޔާ ދިމާނުވާ ޙާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ، ތަރުތީބު އޮޅިފައިވާ ސިޔާސަތެއް! ކޮންމެ ކަމަކަށްވެސް މުނާސަބު ވަގުތަކާއި ޙާލަތެއް އޮންނާނެ!" މުއިއްޒު ވިދާޅުވިއެވެ. 

އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" ގެ 8 ވަނަ މާއްދާ އާއި އެ ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ފަދައިން ނޫން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނަށް ފަހަގަ ކުރެވިގެން އެމިނިސްޓްރީން ވަނީ 2022 ސެޕްޓެމްބަރ 19 ވަނަ ދުވަހު އެކަން އާންމުކޮށް އަންގައި އިއުލާނުކޮށްފައެވެ.

އެހެންކަމުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ބޭނުން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިޢުލާނެއްގައި ވަނީ އަންގާފައެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދުގައިވާގޮތުން އެއްގަމުގައި އިންޖީނުލީ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީކުރުމަށްފަހު އެ އުޅަނދުގައި ހަރުކުރުމަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް ޤަވާއިދުގައި ފާހަގަކޮށްފައިވާގޮތަށް ނަންބަރު ހަރުކުރުމަށްފަހުއެވެ. 
އެ ގަވައިދުގައި ބުނެފައިވާ ގޮތުން ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަންވާނީ "އޭރިއަލް ބޯލްޑް" ފޮންޓުންނެވެ. އަދި ނަންބަރު ބޯޑުގެ އަކުރުތަކުގެ ސައިޒު ހުންނަންވާނެގޮތްވެސް ކުރެހުމާއެކު މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުން ކުރުމަކީ މަނާކަމެއް ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވިޔަފާރި އުޞޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަމްބަރު ބޯޑު ހުންނަންވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ. ކޮޮންސިއުލަރ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.

ކޮމެންޓް
ހަސަނު
ޢަޅުގަނޑު ގެ ސައިކަލް ޕާކް ކޮށްފަ ހުންނަތަނަކުން ނެރެންދާއިރު ބައެއްފަހަރު ނަންބޯޑު ގެ ކަން ބިނދިފަ އިންނާތީ މިހާރު ހުންނާނީ ކަންކަނޑާފަ ފޮންޓް އަކައް ބަދަލެއް ނުގެންނަން މިގޮތް ކަމުދާނެބާ
30 Sep 2022
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.