Advertisement

ހަތަރު ރަށެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

އީސީން ކުރިއަށްގެންދިޔަ ބައި-އިލެކްޝަން ވޯޓުލުމުގެ ތެރެއިން

ހަތަރު ރަށެއްގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

މި ބައި އިލެކްޝަންތަކަކީ ށ. މާއުނގޫދޫ ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރުމާއި، ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން އިންތިހާބު ކުރުމެވެ.

މި އިންތިޚާބުތަކުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި ހަވީރު 4:00 ޖެހުމާ ހަމައަށް  ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

Advertisement

ހަތަރު ރަށެއްގެ ބައި އިލެކްޝަން މިއަދު ކުރިއަށް ގެންދާއިރު، މި މަހުގެ 22 ވަނަ ދުވަހު ވ. ތިނަދޫ، ވ.ފެލިދޫ އަދި ހއ.ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބޭއްވުމަށްވެސް އީސީއިން ވަނީ ނިންމައިފައެވެ.

Advertisement

ކޮމެންޓް