Advertisement

ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަކުރަން މިއަދު ރެކޯޑެއް ޤާއިމްކުރުމުގެ ހަރަކާތެއް ބާއްވަނީ

ނޭވާ 2 ހަރަކާތް

ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ދުނިޔޭގެ ރެކޯޑެއް ޤާއިމްކުރުމުގެ ހަރަކާތެއް މިއަދު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ރެެކޯޑް ޤާއިމްކުރުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައެވެ. މިއީ އެންމެ ގިނަ މީހުން އެއްފަހަރާ، އެއް ވަގުތެއްގައި ކަނޑުއަޑީގައި ވަކިވަގުތެއް ހަމަވަންދެން ނޭވާ ހިފަހައްޓާލައިގެން ޤާއިމްކުރާ ރެކޯޑެވެ.

ފްރީޑައިވް މޯލްޑިވްސް އިން އިންތިޒާމުކުރާ "ނޭވާ 2" ޙަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ދިމާކޮށް ރާއްޖޭގެ ނަން "ގިނީސް ވޯލްޑް ރެކޯޑް" ފޮތަށް އެރުވުމަށް ހިންގާ ބޮޑު ހަރަކާތެކެވެ. މި ހަރަކާތުގައި ގާތްގަނޑަކަށް 400 އާއި ގާތްކުރާ ޢަދަދަކަށް މީހުން ބައިވެރިވާނެކަމަށް ޙަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ލަފާކުރެއެވެ.

Advertisement

މިޙަރަކާތް ރާއްޖޭގެ 12 ރިސޯޓެއްގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ފްރީ ޑައިވް މޯލްޑިވްސް އިން ބުނީ މިހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު އެއްމަގުސަދަކީ ރާއްޖެއަކީ ފްރީޑައިވް ކުރުމަށް މަޤްބޫލް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުންކަމަށެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement