ކ. އަތޮޅު ކައުންސިލްގެ ގުރުއާން މުބާރާތުގެ ތެރެއިން--ފޮޓޯ: ކާށިދޫ ކައުންސިލް
ހަބަރު
02 Oct 2022 | 14:40
ކ. އަތޮޅު ކައުންސިލްގެ ގުރުއާން މުބާރާތުގެ 1 ވަނަ ގާފަރު ސުކޫލް!

މާލެއަތޮޅު އަތޮޅު ކައުންސިލްގެ 11 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އެއްވަނަ ސުކޫލަކަށް ކ. ގާފަރު ސުކޫލް ހޮވިއްޖެއެވެ. 

ސެޕްޓެމްބަރު 29 އިން އޮކްޓޯބަރ 1 ވަނަ ދުވަހަށް ކުރިއަށް ދިޔަ މި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން އިއްޔެ ކުރިއަށް ދިޔައިރު އެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ އައްޝައިހް މުހައްމަދު އަފްޒަލެވެ. 

މުބާރާތުގެ 1 ވަނަ ގާފަރު ސުކޫލް ހޯދާފައި ވަނީ، އެ އަތޮޅުގެ ޖުމުލަ ނުވަ ރަށެއްގެ ސުކޫލާއި ވާދަކޮށެވެ. ކ. ގުރައިދޫގައި ކުރިއަށްދިޔަ މި މުބާރާތުގެ ދެވަނަ ސުކޫލަކަށް ކ. މާފުށީ ސްކޫލް ހޮވިފައިވާ އިރު، ތިންވަނަ ސުކޫލަށް ހޮވިފައިވަނީ ކ. ހިންމަފުށީ ސްކޫލެވެ. 

ވަނަ ވަނަ އަށް އައި ސުކޫލުތަކުގެ އިތުރުން، މުބާރާތުން ވަނަވަނަ އަށް ދަރިވަރުންނަށް ވެސް ވަނީ އިނާމާއި ހަދާނީ ލިޔުން ހަވާލުކޮށްފައެވެ. 

މުބާރާތުން ވަނަވަނަ އަށް އައި ދަރިވަރުން:

• މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 01 ވަނަ : އާލް މުހައްމަދު ނިޔާޒް / ކ.ގުރައިދޫ ސްކޫލް

• މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 01 ވަނަ: އައިޝަތު އިޝްފާއު އިސްހާޤް / ކ. ހުރާ ސްކޫލް

• މުޅި މުބާރާތުން 01 ވަނަ: އައިޝަތު އިޝްފާއު އިސްހާޤް / ކ. ހުރާ ސްކޫލް

ޖަލްސާގައި ވާހަކަ ދައަކަވަމުން މުބާރާތުގެ އިސް ފަނޑިޔާރު، އަލްޤާރީ ހަސަން ތަޢުފީޤް ވަނީ ދަތިވަރުންގެ ކިޔެވުމަށް ތަޢުރީފް ކުރައްވައި ދަރިވަރުންނަށް ހިތްވަރުލައިދެއްވާފައެވެ. 

އަދި ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވަނީ، މި ފަދަ މުބާރާތެއް ކާމިޔާބު ކަމާއެކީ ކުރިއަށްގެންދިއުމަށްޓަކައި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޓީޒަރުން ކޮށްދެއްވާ ބުރަ މަސައްކަތް ފާހަގަކޮށް، މި މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސި ކާށިދޫ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ. 

މި މުބާރާތުގައި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ނޮމިނޭޓްވި ދަރިވަރުން ހޮވާފައިވާއިރު، 18 ދަރިވަރަކުވަނީ ޤައުމީ މުބާރާތައް ނޮމިނޭޓް ވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ