ކުރީގެ ރައީސް ޔާމީން އަދި ޑރ މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Oct 2022 | 10:40
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފެންނަނީ ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތު: ޑރ މުއިއްޒު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ދުރުވިސްނޭ ސިޔާސަތުތައްކަމަށް އެމަނިކުފާނުގެ ކެބިނެޓުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން އެމްއޭސީއެލުން އަޅާ ފްލެޓުތައް ލިބުނު ފަރާތްތަކަށް މަރުހަބާ ދަންނަވަމުން ކުރެއްވި ޓްވީޓެއްގައެވެ. 

ޑރ. މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކުން ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ހަލާވުކުރެއްވި ފްލެޓުތަކުގެ ތެރެއިން އެމް.އޭ.ސީ.އެލްގެ ފްލެޓުތައް ލިބުނު ރައްޔިތުންނަށް މަރުހަބާ ދަންނަވާކަމަށެވެ. 

އެއާއެކު ޑރ. މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތައް އަޅަމުންދާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ރައީސް ޔާމީން ތަރައްގީގެ ލެގެސީއާއި އެމަނިކުފާނުގެ ދުރުވިސްނޭ ސިޔާސަތުތައްކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ރައީސް ޔާމީންގެ ޒައާމަތުގައި ހިއްކާފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދު ހިއްކެވުމަށްފަހު ރައީސް ޔާމީންގެ ޒައާމަތުގައި ހިޔާ މަޝްރޫއުގެ ދަށުން 7000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ވަނީ ނިންމަވާފައެވެ. އަދި އެ މަޝްރޫއުގެ ދަށުން ފެށި ގިނަ ފްލެޓުތަކުގެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާކަން ފާހަގަކޮށްލެވެއެވެ. 

ހުޅުމާލެ ދެވަނަ ފިޔަވހި ތަރައްގީކުރުމަށް އޭރު ވަނީ މާސްޓަރ ޕްލޭނެއް އެކުލަވާލެވިފައެވެ. އެހެން ނަމަވެސް ސަރުކާރު ބަދަލުވުމާއި ގުޅިގެން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރީ ސަރުކާރުން އެކުލަވާލާފައި އޮތް މާސްޓަރ ޕްލޭނާއި އެއްގޮތަށް ނުދާތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އޭގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށިއިރު އަސާސީ ގިނަ ޚިދުމަތްތަކެއް އެތަނުގައި ލިބެން ނުތުމަކީ އާންމުންގެ ބޮޑު ޝަކުވާއެއް އޮތް މައްސަލައެއްކަންވެސް ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.