ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި މުހައްމަދު މަލީހު ޖަމާލު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Oct 2022 | 13:18
އަލަށް ވިހާ ކުދިންނަށް "ސޯލިހު" ކިޔުން ހުއްޓާލައިފި: މަލީހު

ދިވެހިރާއްޖެއަށް އަލަން އުފަންވާ ކުދިންނަށް "ސޯލިހު" އެ ނަން ކިޔުން މައިން ބަފައިން ހުއްޓާލައިފިކަމަށް މި ސަރުކާރުގެ ފުރަތަމަ ޓެކްނޮލިޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ. 

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. 

މަލީހު ވިދާޅުވީ ސޯލިހުއަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ރީތި ނަމެއްކަމަށެވެ. 

އެހެން ނަމަވެސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަމުންދާ ގޮތުން ރައްޔިތުން އެ ނަން މަތިންވެސް މިހާރު ފޫހިވެފައިވާކަމަށް މަލީހު ވިދާޅުވިއެވެ. 

"ސޯލިހު" އެ ނަން ދެކެ ރައްޔިތުން ފޫހިވީ ރައީސް ސޯލިހުގެ ކިބައިގައި ވައުދު ނުފުއްދުމާއި، ގައުމަށް ގައްދާރުވުމާއި ދިވެހިވަންތަކަށް ގެއްލުވާލުމާ، ވައްކަން އާންމުކުރުމުގެ އިތުރުން ދަރަނިވެރިކުރުވުން ފަދަ ނުބައި އާދަތައް ހުރުމުންކަމަށް މަލީހު ވިދާޅުވިއެވެ.

އެއާއެކު އޭނާ ވިދާޅުވީ މިފަދަ ސިފަތައް ހުރުމަކީ "ސޯލިހުވުން" ކަމަށް މަޒާޖީ ގޮތުން ރައްޔިތުން ބުނަމުންދާކަމަށެވެ.

މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ ގައުމަށް ގައްދާރުވުމަކީ ނުވަތަ ވައްކަން އާންމުކުރުމަކީ ސޯލިހުވުންކަމަށް ރައްޔިތުން މަޒާޖީގޮތުން ބުނަމުންދާކަމަށެވެ.

"ސޯލިހް އެއީ ދިވެހިންނަށް ކަމުދިޔަ ރީތި ނަމެއް. އަލަށް އުފަންވާ ކުދީންނަށް ސޯލިހު ނަމުން ނަންދިނުން ދިވެހީން ހުއްޓާލައިފި. ވަޢުދު ނުފުއްދެވުމާއި, ޤައުމަށް ޣައްދާރުވުމާއި, ދިވެހިވަންތަކަން ގެއްލުވާލުމާއި, ވައްކަން އާންމުކުރުމާއި, ޤައުމު ދަރަނީވެރިކުރުން އެއީ މިހާރު ސޯލިހްވުން"

ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު

ރައިސް ސޯލިހުގެ ނަންފުޅާއި ނުބައި އާދަތައް ގުޅިފައިވާތީ އަލަން އުފަންވާ ކުދިންނަށް "ސޯލިހު" އެ ނަން ކިޔަން މައިން ބަފައިން ބޭނުން ނުވާކަމަށް މަލީހު ވިދާޅުވިއެވެ.

އަދި ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ އެ ނަން މަތިންވެސް މިއަދު ރައްޔިތުން ފޫހިވެފައިވާކަމަށް މަލީހު ގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ވަތަކުތޯ
ކިޔާނެ އެއްޗެއް ނޭގެންޏާ އަނގަހިމޭނުންލައިގެން ހުރުން ބުއްދިވެރިވާނެ.
02 Oct 2022
އަބުދުލް ވާހިދު
ދޮގު ޙަބަރު ފަތުރާތީ މަލީހު ހައްޔަރު ކޮއް މައްސަލަ ބެލުމައް ފުލުހުންނައް ގޮވާލަން
02 Oct 2022
ހެޔޮނުވާނެ
ހެޑްލައިން ސީކާރ
02 Oct 2022
މަލީހުވުން
މަލީހުގެ މާނަޔަކީ ހަރުނުލި. މިހެން ކިޔާ އަޑުވެސް އިވޭ. އެއްވެސް ތާކު ހަރުނުލުމަށް މިހާރު މަލީހުވުމޭވެސް ކިޔާ އުޅޭ އަޑު އިވޭ.
03 Oct 2022
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.