އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ރ. ދުވާފަރަށް

10 Jan 2019 | 13:53

100 އެމްބީޕީއެސް އާއިހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ރ. ދުވާފަރަށް ތައާރަފްކޮށްފިއެވެ.

"މުޖުތަމައުއަށް އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނައުމުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް މުހިންމު ދައުރެއް އަދާކުރޭ. މިގޮތުން، އުރީދޫގެ މުހިއްމު އެއް އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން. މިއަދު، ދުވާފަރަށް އުރީދޫ ސުޕަރނެޓް ތައާރަފްކޮށް، ރަށުގެ ރައްޔިތުންނަށް މި ފުރުސަތު ހުޅުވާލެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލެއް." އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ރ. ދުވާފަރަށް ތައާރަފް ކުރެވުނު މި ހިދުމަތައި ގުޅޭ ގޮތުން ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތަޢާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އުފާވެރި ލަނޑުދަނޑި ހާސިލްވުމުގެ މުނާސަބަތުގައި، އެކުންފުނިން ވަނީ 31 ޑިސެމްބަރ 2018 ގެ ކުރިން ސުޕަރނެޓް ޚިޔާރު ކުރަށްވާ ދުވާފަރުގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފާއެއް ތައާރަފްކޮށްފައެވެ. ހަމައެހެންމެ ދުވާފަރު ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައެވެ.

2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫއިން ފޯރުކޮށްދެއެވެ. ހަމައެހެންމެ މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައިކަންވެސް ފާހަގަކޮށްލެވެއެވެ.

މި ޚިދުމަތާއިއެކު، ދުވާފަރުގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެއެވެ. ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫއިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތުވެސް ދީފައެވެ.

Advertisement

ކޮމެންޓް