ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ--ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Oct 2022 | 13:50
މުޖުތަމައުގައި އުފެދޭ މައްސަލަތައް ހައްލު ކުރާނީ ވައިލެންޓް ވެގެނެއް ނޫން: އިމްރާން

ދޭދޭ ގައުމުތަކާއި، މުޖްތަމައުތަކާއި، ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލު ކުރާނީ "ވައިލެންޓް" ވެގެން ނޫން ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ. 

ޢިމްރާން މިފަދައިން ވިދާޅުވީ، ބައިނަލްއަގްވާމީ އަހިންސަ ދުވަސް (ނަން-ވައިލެންސް ޑޭ)ގެ ތަހުނިޔާ ދިވެހިންނަށް ރައްދު ކުރައްވައިދެއްވި މެސެޖެއްގައެވެ. 

އެ މެސެޖުގައި ޢިމްރާން ވިދާޅުވީ، ވިލުންވެރި މުޖްތަމައެއްގެ މައިބަދައަކީ ޖުމްތަމައުގެ ސުލްހަ މަސްލަސް ކަމާއި އަމަންއަމާން ކަމާއި ރައްކާތެރިކަން ކަމަށެވެ.

"ވިލުންވެރި މުޖުތަމައެއްގެ މައިބަދައަކީ މުޖުތަމައުގެ ސުލްޙަމަސަލަސް ކަމާއި އަމަންއަމާން ކަމާއި ރައްކާތެރިކަން. އަމަންއަމާންކަން ލިބިގެންވާ މުޖުތަމައަކީ ސަލާމަތުގެ އައްސޭރިއަށް ދަތުރު ކުރެވޭނެ މުޖުތަމައެއް. އަހިންސަ މުޖްތަމައެއް އުފެއްދޭނީ މުޖްތަމައުގެ ހުރިހާ ފަރުދުންގެ ފުރިހަމަ ބައިވެރިކަން ލިބިގެން." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އެގޮތުން އެކަމަށްޓަކައި ސަރުކާރާއި، ސަރުކާރު ހިމެނޭ މުއައްސަސާތަކާއި ވަކިވަކި ފަރުދުން އަހިންސައަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއާއެކު ޢިމްރާން ވިދާޅުވީ، ދޭދޭ ގައުމްތަކާއި މުޖްތަމައުތަކާއި ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލު ކުރާނީ "ވައިލެންޓް" ވެގެން ނޫން ކަމަށާ، ނޮން ވައިލެންޓް ދުވަސް ފާހަގަކުރަނީ އެ ސަބަބަށްޓަކައި ކަމަށެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ، ބައިނަލްއަގްވާމީ ގޮތުން އަހިންސަ މުޖްތަމައެއް ގާއިމް ކުރުމުގައި ރާއްޖޭއަކީ ވެސް މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއް ކަމަށެވެ. ވުމާއެކު، ދިވެހި މުޖްތަމައުއަކީ އަހިންސަ މުޖްތަމައަކަށް ހެދުމަށްޓަކައި ދިވެހިންގެ އެންމެން ބައިވެރިވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވެވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ