އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް
ވިޔަފާރި
02 Oct 2022 | 17:07
"މިނީ ބަހުން ފައިސާ މާރެއް ނުކޮށްދޭނެ، ސީދާ 7 ރުފިޔާ ދީފައި ދަތުރުކުރެވޭނެ"

ފުރަ މާލޭގައި ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މިނީ ބަހުގެ ޚިދުމަތުން މާދަމާއިން ފެށިގެން އަގު ނަގަން ފަށާއިރު، ކަރުދާސް ޓިކެޓް ވިއްކިނަމަވެސް، ފައިސާ މާރުކޮށް ނުދޭނެކަމަށާއި، ކަރުދާސް ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން ޓިކެޓަށްވާ ފައިސާ ހަމައަށް ހިފައިގެން ދިއުމަށް އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ ޓަވަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ވަނީ މިނީ ބަހުގެ ޓިކެޓު ގަންނަން އާ ލުއިތަކަކާ އެކު އެ ހިދުމަތުން މާދަމާ އަގު ނަގަން ފަށާނެކަން އިއުލާނުކުރައްވާފައެވެ. 

އެގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެއްވެސް އަގަކާ ނުލައި އެއް މަސްދުވަހަށް ދަތުރުކުރެވޭ ގޮތަށް އޮތުމަށް ފަހު މާދަމާ އިން ފެށިގެން ދަތުރަކަށް ނަގަން ނިންމާފައިވަނީ، ކުރިން ކަނޑައަޅާފައިވާ އަގު ކަމަށްވާ 7ރ. ކަމަށެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބުނު ޚިޔާލު ތަކާއި އެއްގޮތަށް، އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނެގުމުގެ އިތުރުން އެކަމަށް އުނދަގޫވާ ފަރާތްތަކަށް ކަރުދާސް ޓިކެޓްވެސް ދޫކުރަން ހަމަޖެހިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. 

"އުމުރުން ދުވަސްވީ ބައެއް މީހުންނާއި ރަށްރަށުން އަންނަ މީހުންނަށް މިވަގުތު ދަތިތަކެއް އެބަ ހުރި މިނީ ބަހުގައި ދަތުރުކުރަން ޓްރެވަލް އެޕުން ޓިކެޓު ނަގައިގެން. އެހެންވެ މި ހަމަޖައްސަނީ ސީދާ 7ރ. ގެނައިމަ ދަތުރު ކުރެވޭ ގޮތަށް." އާޒިމް ވިދާޅުވިއެވެ. 

އާޒިމް ވިދާޅުވީ ސީދާ 7ރ. ގެނެސް، ބަސް ތެރޭގައި ފައިސާ އަޅަން ބަހައްޓާފައިވާ ފޮއްޓަށް އެ ފައިސާ ލުމުން ބަސް ކޮންޑަކްޓަރު ކަރުދާސް ޓިކެޓެއް ދޫކުރާނެ ކަމަށެވެ. ނަމަވެސް، އޭނާ ވިދާޅުވީ ހިދުމަތުގެ ސްޕީޑު ލަސްވިޔަ ނުދިނުމަށް ބާކީ އަނބުރާ ދޭ ގޮތަށް ހަމަޖައްސާފައި ނުވާނެ ކަމަށެވެ. މިގޮތަށް ނިންމީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލާ، ޚިދުމަތް ދިނުމަށް ނަގާ ވަގުތު ސަލާމަތްކުރުމަށާއި، ޝެޑިއުލަށް ބުރުއެރިޔަ ނުދިނުމަށްކަމަށް އާޒިމް ވިދާޅުވިއެވެ.

"10 ވަރަކަށް މީހުންނަށް އަޅުގަނޑުމެން ޗޭންޖު ދޭން އިންތިޒާމް ހަމަޖައްސައިފިކަމަށްވަންޏާމުން ބަސް ދަތުރެއް ގާތްގަނޑަކަށް ކޮންމެ ތަނެއްގައި 5 ވަރަކަށް މިނެޓަށް މަޑުކޮށްގެންނޫނިއްޔާ އެކަމެއް ނުކުރެވޭނެ. އޭރުން އަޅުގަނޑުމެން މިބުނާ ކޮންމެ 10 މިނެޓަކުން ސްޓޮޕަކަށް ބަހެއް އަންނާނެކަމުގެ ޔަޤީންކަން ގެއްލި، އެތައް ރައްޔިތުންނަކަށް އުނދަގޫތައް ކުރިމަތިވާނެ" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، ކަރުދާސް ޓިކެޓްތައް ވިއްކާނީ ސީދާ ބަހުންކަމަށާއި، ޓަރމިނަލްތަކުން ކަރުދާސް ޓިކެޓް ލިބެން ނުހުންނާނެކަމަށެވެ. އަދި މިވަގުތު ދެ ގޮތަކަށް ޓިކެޓު ނެގޭ ގޮތަށް ހަމަޖެއްސި ނަމަވެސް، އާޒިމް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ޓިކެޓު ގަންނަން އިތުރު ދެ ގޮތް ތައާރަފުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އެގޮތުން، މިމަހުގެ ތެރޭގައި އީ.އެމް.ވީ ކާޑު ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި ޚިދުމަތާއެކު ވިސާ، އެމެކްސް އަދި މާސްޓަރ ކާޑު ގެންގުޅުއްވާ ފަރާތްތަކަށް ޓެޕްކޮށްލައިގެން ޓިކެޓަށް ފައިސާ ދައްކާލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ޕްރީޕެއިޑް ދަތުރު ކާޑު ތައާރަފުކުރާނެ ކަމަށާ، އެ ޚިދުމަތް ތައާރަފް ކުރެވުމާއި އެކު މާސްޓަކާޑު، ވިސާ އަދި އެމެކްސް ކާޑު ނުގެންގުޅޭ ފަރާތްތަކަށް ބޮޑު ލުުއެއް ލިބިގެންދާނެކަމަށެވެ.

ހަމައެހެންމެ ބަހުން ގިނަ ދަތުރުތައް ކުރާ ފަރާތްތަކަށް ކޮންމެ ފަހަރަކު ވަކިން ޓިކެޓެއް ގަތުމުގެ ބަދަލުގައި ބަލްކުކޮށް ޓިކެޓް ގަނެވޭނެ ގޮތަށް އާރް.ޓީ.އެލް އެޕްލިކޭޝަނަށް ބަދަލުގެނެސްފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެގޮތުން، އެއް ފަހަރާ 30، 40 ނުވަތަ 60 ޓިކެޓު ގަނެވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. 

މިނީ ބަހުގެ ޚިދުމަތައް މާލޭގައި ބޭނުންކުރަމުން އަންނަނީ މައިގަނޑު 3 ރޫޓެކެވެ. އެއީ އޯކިޑް ރޫޓާއި، ސޯސަން ރޫޓުގެ އިތުރުން އަމީނީ ރޫޓެވެ. މި 3 ރޫޓު މެދުވެރިކޮށް ޖުމްލަ 40 ތަނަކަށް ބަސްތައް ހުއްޓާނެއެވެ. އަދި ކޮންމެ 10 މިނެޓަކުން ބަސް ދަތުރުކުރާގޮތަށް ޝެޑިއުލްކޮށްފައިވާއިރު، ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން ފެށިގެން ދަންވަރު 12:15 އާއި ހަމައަށް މި ޚިދުމަތް ލިބިގެންދާނެއެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތުގައި ޖުމްލަ 18 ބަހެއް އެމް.ޓީ.ސީ.ސީން ދަނީ ބޭނުންކުރަމުންނެވެ.

މިނީ ބަހަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. އެކި ފަހަރު އެކި ސަބަބުތަކާހުރެ، އެ ޚިދުމަތް ފެށުން ލަސްވެގެން ދިޔަނަމަވެސް އެ ޚިދުމަތް ފެށުމާއެކު، ދަތުރުފަތުރުކުރުމަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަމަށް އާއްމުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.