ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެ ބޭއްވި ޖަލްސާގައި ރައީސް ޞާލިހު ވާހަކަދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 Oct 2022 | 10:16
އެންމެ ބޮޑު ގޮންޖެހުމަކީ އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ރަށްތައް ތަރައްގީ ނުވުން: ރައީސް

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައް އަދިވެސް ތަރައްގީ ނުކުރެވި ހުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމުގައި އެތައް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެންމެ ބޮޑު ގޮންޖެހުމަކީ، ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން، އަހަރުތަކެއް ވެގެން ދިޔައިރުވެސް ތަރައްޤީ ނުކުރެވި އޮތް އޮތުން ކަމަށެވެ. 

""އެއީ ދުރު ރާސްތާގެ ރޭވުމެއް ނެތި ދޫކޮށްފައި ހުރި ތަން ތަން. ހާއްސަކޮށް، އެމްއެމްޕީއާރްސީ މެދުވެރިކޮށް، މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައް. އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް ބަޔަކަށް ވިއްކާލިއިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭ. އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ޝަރުއީ ކޯޓުތައް މެދުވެރިކޮށް މި އަންނަނީ ކުރަމުން. އަދި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް އޭސީސީން އަންނަނީ ތަހުގީގު ކުރަމުން،" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ރައީސް ވިދާޅުވީ އަލަށް ހަދާ ރިސޯޓްތައް ތަރައްގީކުރުމަށް ބޭނުންވާނެ ފައިސާ ނުލިބުމަކީވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި، އެކަން ހައްލުކުރުމުގެ ގޮތުން ފައިސާ ހޯދައިދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގައި ހުރި ހުރަސްތައް ފާހަގަކުރެއްވި ނަމަވެސް، ރައީސްގެ ވާހަކަފުޅުގައި ވަނީ ފާއިތުވެދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން އައިސްފައިވާ މިންވަރަށް ވެސް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން ރައީސް ވިދާޅުވީ، ފަތުރުވެރިކަމަށް މިއަދު 50 އަހަރު ފުރޭއިރު، ރާއްޖޭގައި މިހާރު ހިނގަހިނގާ އޮތް 166 ރިޒޯޓް އެބައޮތް ކަމަށެވެ. އަދިވެސް އިތުރު ރަށްތައް ރިޒޯޓްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ ކަމަށާއި އެ ރިޒޯޓްތައް ހުޅުވުމުން، ރާއްޖޭގެ ރިޒޯޓްތަކުގެ ޢަދަދު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ޢަދަދާ ދާދި އަވަހަށް އަރައި ހަމަކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ގެ މިސަރުކާރުން ފަތުރުވެރިކަމަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގެސްޓުހައުސް ހުޅުވާފައިވާ ކަމަށެވެ.

"އެއީ 8،385 ކޮޓަރި ނުވަތަ 16،783 އެނދު. ސީދާ އެ ތަން ތަނުން ވެސް އެތައް ހާސް ވަޒީފާއެއް އުފެދިއްޖެ އަދި އެ ތަންތަން ހުޅުވުމާ އެކު ފަތުރުވެރިކަމާ ގުޅުންހުރި އެހެން ދާއިރާތަކުން ވެސް އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފައިވާނެ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.