ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް-- ފޮޓޯ: ވަގުތު
ހަބަރު
03 Oct 2022 | 22:41
ބޮޑާކަމާއި ކިބުރުވެރިކަމަކީ އަޅުގަނޑު ގައިގަ ހުންނަ ސިފައެއްނޫން: މަހުލޫފް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަކީ ބޮޑުކަމާއި ކިބުރުވެރި ކަމުގެ ސިފަ ގައިގައި ހުންނަ މީހެއް ނޫން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. 

މަހުލޫފް މިހެން ވިދާޅުވީ، އޭނާ ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅަކަށް ފަހު މާލެއަށް ވަޑައިގަންނަވަން ފުލައިޓަށް އަރާވަޑައިގަތުމުގެ ކުރިން އޭނާ ޗެކުކުރި ކައްދޫ އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރަކު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކުރި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކުރުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. 

އެވާހަކަ ދޮގުކޮށް މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ ވަރަށް ގިނައިން ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރައްވާ ކަމަށެވެ. އަދި އެ ދަތުރު ތަކުގައިވެސް، ގަވައިދުގެ ތެރެއިން ކޮންމެ ފަހަރަކުވެސް ސެކިއުރިޓީ ޗެކް ކުރާ ކަމަށެވެ. 

"މިރޭގައި ކޫއްޑޫއިން ޗެކްކުރި. ޗެކްކުރާކަން އެންމެ ރަނގަޅަށް އިނގޭނީ އެއަރޕޯޓު ތަކުގެ ސެކިއުރިޓީ އޮފިސަރުންނަށް. އަދި ދުވަހަކުވެސް އިހްތިރާމްކުޑަކޮށް މުއާމަލާތް ކޮށްފަނުވާނެ." މަހުލޫފް ވިދާޅުވިއެވެ. 

އޭއާއެކު އޭނާ ވިދާޅުވީ އޭނާއާއި ގުޅިގެން ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ ހަގީގަތެއްނޫން ކަމަށާ،ބޮޑާ ކަމާއި ކިބުރުވެރި ކަމަކީ އޭނާގެ ގައިގައި ހުންނަ ސިފައެއް ނޫންކަމަށެވެ. 

"ބޮޑާ ކަމާ ކިބުރުވެރިކަމަކީ އަޅުގަނޑު ގައިގަ ހުންނަ ސިފައެއްނޫންކަން އަޅުގަނޑު ދަންނަ ކޮންމެމީހަކަށް އިނގޭނެ. ދުނިޔޭގައުޅެނީ އެވަރުދަނެގެން."  މަހުލޫފު ވިދާޅުވިއެވެ. 

އެމްޑީޕީގެ ހަރަކާތަކަށް ލ.އަތޮޅަށް ވަޑައިގެން އުޅުއްވުމަށް ފަހު މަހުލޫފު އެއާޕޯޓަށް ހޮނިހިރުދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަޑައިގަތީ މާލެއަށް އަނބުރާ ވަޑައިގަތުމަށެވެ. އަދި އެ ވަގުތު ޗެކުވުމަށް މިނިސްޓަރު އަރިހުން އޭވިއަޝަން ސެކިއުރިޓީގެ މުވައްޒަފު އެދުމުން އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން މަހުލޫފު ވާހަކަދެއްކެވި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. 

އަދި މަހުލޫފު ކައްދޫއިން ފުރާވަޑައިގެން މާލެއަށް ވަޑައިގެންނެވިތާ މާ ގިނަ ވަގުތެއް ނުވެ، އެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑުކުރަން އޭވިއޭޝަން ކޮމާންޑުގެ ވެރިން ކައްދޫ އެއާޕޯޓުގެ އޭވިއޭޝަން ކޮމާންޑަށް އެންގި ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. 

ކޮމެންޓް
ޙަސަނަ
ބޮޑާކަމާ ކިބުރުވެރިކަން ނޫން އެހެން އެއްވެސް ސިފައެއް އަޅުގަނޑަކަށް ތިބޭފުޅާގެ ފަރާތަކުން ނުފެނޭ
04 Oct 2022
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.