ގާލާ އިވްނިންގ ތެރެއިން
ހަބަރު
04 Oct 2022 | 11:39
ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް 77 ފަރާތަކަށް

"ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު 77 ބޭފުޅަކަށް ދެއްވައިފިއެވެ.

މިއެވޯޑުތައް ދެއްވާފައިވަނީ ފަތުރުވެރިކަމަށް 50 އަހަރުފުރުން ފާހަގަކުރުމަށް ކުރުނބާ ވިލެޖުގައި ބޭއްވި ގާލާ އީވްނިންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

އެގޮތުން ފާއިތުވި 50 އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް އެކި ގޮތްގޮތުން ޚިދުމަތްކޮށްދެއްވި 77 ފަރާތަަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެވޯދް ދީފައެވެ.

"ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރެއްވުމަށް މަސައްކަތްކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް، އެމްޔޫ އުމަރު މުހައްމަދު މަނިކު އަދި ޗަމްޕާ ހުސެއިން އަފީފް ހިމެނެއެވެ. ރައީސްގެ ވާހަކަފުޅުގައިވެސް މިތިން ބޭފުޅުން ކުރެއްވި މަސައްކަތުން ނަމޫނާ ނެގުމަށް ޒުވާނުންނަށް ވަނީ ގޮވާލައްވާފައެވެ.

ރާއްޖޭގައި ފަތުރުވެރިކަން އެހެން ޙަރުފަތަކަށް ގެންދެވުމަށް ރައީސް މުޙައްމަދު ނަޝީދު ގެސްޓހައުސް ޓޫރިޒަމް ފައްޓަވާ ކޮށްދެއްވި ޚިދުމަތް ފާހަގަކޮށް އެމަނިކުފާނަށްވެސްވަނީ އެވޯޑު ދެއްވަފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އުމުރުން 17 އަހަރުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ވަންނަވައި މިދާއިރާއިން ޒުވާނުން ބިނާކުރުމަށް ހޭދަކުރެއްވި 27 އަހަރުގެ އަގުވަޒަންކޮށްވަނީ އެވޯޑު ދެއްވާފައެވެ.

އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންނަށް އެބޭފުޅުންގެ ޒަޢާމަތުގައި ފަތުރުވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް ކޮށްދެއްވި މަސައްކަތް ފާހަގަކޮށް ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ދެއްވާފައެވެ. މިގޮތުން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު ރާއްޖޭގެ ފަތުރުވެރިކަން ފައްޓަވާ ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅާއި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤުވާމީ ބްރޭންޑަކަށް ހެއްދެވުމަށް ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވާވަނީ އެވޯޑު ދެއްވާފައެވެ.

މީގެ އިތުރުންވެސް ގެސްޓް ހައުސް އާއި، ޑައިވިން ސެންޓަރުތަކާއި ފަންނުވެރިކަމުގެ ދާއިރާއިންނާއި ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ވަނީ އެވޯޑް ދެއްވާފައެވެ. މީގެ ތެރޭގައި ބޭރުގެ ބައެއް ބޭފުޅުންނާއި ޖަމިއްޔާތަކާއި ޓެލެކޮމިޔުނިކޭޝަން ދާއިރާގެ ބޭފުޅުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.