ހެލްތު މިނިސްޓަރު އަހުމަދު ނަޝީދު
ހަބަރު
21 Aug 2022 | 12:27
ވެކްސިންޖެހި ކުއްޖަކު ޕެރެލައިޒްވުން: ނަސީމު ވިދާޅުވީ ނޯމަލް ކަމެއްކަމަށް، ސަރުކާރުން އެހީތެރިވާން ޖެހޭކަމަށް!

ވެކްސިން ޖެހި ކުއްޖަކު ވާ ވެފައިވާކަން ފާހަގަކޮށް އެފަދަ ކުދިން ބެލެހެއްޓުމުގައި އުފުލަން ޖެހޭ ތަކުލީފުތަކުގެ ވާހަކަ އެ ހާލަތު މެދުވެރިވެފައިވާ ފަރާތެއް ހިއްސާކުރެއްވުމުން އެއީ ނޯމަލްކަމެއް ކަމަށާއި، އެއީ ވެކްސިން ޖެހުމުގެ ސަބަބުން އައި ރިއެކްޝަނެއްކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި އައްޑޫ ސިޓީ ތަމްސީލުކުރާ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑިއިގެން ކުރީގެ ކައުންސިލަރަކު ވަނީ އޭނާއަށް މެދުވެރިވެފައިވާ ހާލަތުގެ ވާހަކަ ހިއްސާކޮށްފައެވެ.

އެގޮތުން އޭނާގެ ދަރިފުޅަށް ޖެހި ވެކްސިނެއްގެ ސަބަބުން ކުއްޖާ ޕެރަލައިޒް (ވާ ބަލި) ވެފައިވާއިރު ކުއްޖާއަށް ބޭނުންވާ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ގެންދިއުމުގައި ކުރާ ޚަރަދުތައް މިހާރު އޮންނަ އުސޫލުތަކުގެ ސަބަބުން އާސަންދައިން ކަވަރު ނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

އާސަންދައިގެ އުސޫލު އަދާހަމަ ކުރަން ޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޚާއްސަ ހާލަތްތަކަށް އާސަންދައިން ފަރުވާ ހޯދުމުގައި އިސްތިސްނާތައް ހުންނަން ޖެހޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާގެ އެ ވާހަކަތަކަށްފަހު ހެލްތު މިނިސްޓަރު ނަސީމުގެ ޚިޔާލު ކޮންގްރެސްއަށް ހުށައެޅުއްވިއެވެ.

ނަސީމު ވިދާޅުވީ ވެކްސިންގެ ސަބަބުން އެކި ކަހަލަ ރިއެކްޝަންތައް އަންނަކަމަށެވެ. އެގޮތުން ވެކްސިން ޖެހުމުގެ ސަބަބުން ކުއްޖާ ވާ ވުމަކީވެސް އެފަދަ ރިއެކްޝަނެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ނޯމަލް ކަމެއްކަމަށް ނުވަތަ އާންމު ކަމެއްކަމަށް ނަސީމު ވިދާޅުވިއެވެ.

އެއާއެކުވެސް ނަސީމު ވިދާޅުވީ ވެކްސިނާއި ގުޅިގެން ކުދިންނަށް ކުރިމަތިވާ ސިއްހީ ހާލަތުތަކަށް ސަރުކާރުން ރިއާޔަތް ކުރަން ޖެހޭކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.

އެއާއެކު އެފަދަ ހާލަތްތަކުގައި ކުދިންނަށް ކުރިމަތިވާ އެކި ވަރުގެ ނުކުޅެދުންތެރިކަމަށް ފަރުވާކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ. އަދި އެފަދަ ހާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުން އުފުލާ ތަކުލީފތައް ކުޑަކުރުމަށް ސަރުކާރުން އެހީތެރިން ފޯރުކޮށްދޭނެކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
27 Aug 2026
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.
27 Aug 2026
އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުން ހިސާން އިސްތިއުފާ ދެއްވައިފި
ހިސާންގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.