ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް
ހަބަރު
05 Oct 2022 | 09:47
ކެސީނޯ އަޅަން ތާއީދެއް ނުކުރަން، ވަކާލާތެއް ވެސް ނުކުރަން: މަހްލޫފް

ރާއްޖޭގައި ކެސީނޯ އަޅަން ތާއީދު ނޫން ކަމަށާއި އެކަމަށް ވަކާލާތު ވެސް ކުރައްވާފައި ނުވާނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކެސިނޯ ހިންގެން ޖެހޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ތަކުރާރުކޮށް ދައްކަވާ ވާހަކައަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ޔޫތު މިނިސްޓަރު މަހްލޫފް، ހިތްވަރު ލިބޭ ފަދަ ގޮތަކަށް އިއްޔެ މަޖިލިހުގައި ވަނީ ވާހަކަ ދައްކަވައިފައެވެ.

އެ ވާހަކަތަކާއި ގުޅިގެން އެދެބޭފުޅުންނަށް ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެބޭފުޅާއަކީ ކެސީނޯ އަޅަން ތާއީދު ކުރައްވާ އަދި އެކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެކަމަށް ވަކާލާތު ކުރައްވާފައި ވެސް ނުވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އެހެން ނަމަވެސް އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަހުލޫފް ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯ ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެންޖެހޭކަމަށެވެ. އަދި ކެސިނޯގެ ނަން ބުންޏަސް އަދި އެ ވާހަކަ ދައްކަވަން ފެއްޓެވިއަސް އެ ވާހަކަދައްކަވާ ބޭފުޅުން ގޯސްވެ ކުށްވެރިވާ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވާއިރު، އެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ކެސީނޯ ލައިސަންސް ދިނުމާ ގުޅޭ ގޮތުން ތަކުރާރުކޮށް ވަރަށް ގިނައިން ސުވާލު އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ކެސީނޯ ލައިސަންސް ދިނުމަކީ އެއްވެސް ގަވައިދަކުން މަނާކުރާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.