ޕާކިސްތާނުގައި ފެންބޮޑުވެފައި
ދުނިޔެ
05 Oct 2022 | 15:48
ޕާކިސްތާނަށް އެހީވުމަށް އދން އަނެއްކާވެސް ގޮވާލައިފި

މިއަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައްހާސް އިންސާނީ އެހީ ފޯރުކޮށްދޭން ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔު.އެފް.ޕީ)އިން ބުނެފިއެވެ.

މޫސުމީ ވިއްސާރައިގެ ސަބަބުން އެތައް ހާސް ބައެއް ގެދޮރު ގެއްލިފައިވާއިރު، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރަށް ފައިސާ ހޯދުމަށް ޑަބްލިޔު.އެފް.ޕީ.ގެ ފަރާތުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ކްރިސް ކޭއެ ވަނީ ގޮވާލައިފައެވެ.

ކޭއި ވިދާޅުވި ގޮތުގައި، ޕާކިސްތާނުގައި ޞިއްޙީ ކާރިސާއެއް ފެށިފައި މި ވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެންގަނޑު ހިނދުން ލަސްވުމުގެ ސަބަބުންނެވެ. މި ކާރިސާގެ ސަބަބުން ރައްކާތެރި ގޮތުގައި ފާޚާނާ ކުރެވޭނެ އެއްވެސް ގޮތެއް ނެތް އިރު ހާމަ ތަންތަނަށް ފާޚާނާ ކުރަން ޖެހުމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރެމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ބޮޑުވެފައިވާ ފެންގަނޑު މިހާރު ހިނދެން ފަށާފައިވީ ނަމަވެސް އެ ހާދިސާގައި ގެދޮރު ހަލާކުވި އެތައް ހާސް ބަޔަކު މިހާރު ވެސް ދިރިއުޅެން ޖެހިފައިވަނީ، ސްކޫލްތަކާއި މައިދާންތަކުގައި ސަރުކާރުން ތައްޔާރުކޮށްދިން ވަގުތީ ހިޔާތަކުގަ އާއި، ހުސް ބިންތަކުގައި އެމީހުން އަމިއްލަ އަށް ހެދި ވަގުތީ ފޭލިގެތަކުގަ އެވެ. 

ފެންބޮޑުވުމުގެ ސަބަބުންނާއި މިފަދަ އެހެނިހެން ކަންކަމުގެ ސަބަބުން ޕާކިސްތާނުގައި ފެނުގެ ޒަރީޢާއިން ޖެހޭ ބަލިތައް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އޭގެ ތެރޭގައި ބޭރަށް ހިންގުމާއި، ކޮލެރާއާއި، ހަމުގެ ބަލިތަކާއި، މެލޭރިއާ ފަދަ އެތައް ބަލިތަކެއް ހިމެނެއެވެ.

ކޭއި ވިދާޅުވީ، ފެންބޮޑުމުގެ ސަބަބުން އެގައުމުގައި މަދިރި ގިނަވެ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކަމުގައިވާ ބޭރަށް ހިންގުން ފަދަ ބަލިތައް ޢާންމުވެއްޖެ ކަމަށެވެ. މީގެ އިތުރުން މެލޭރިޔާ، ހަމުގެ ބަލިތައް ޖެހޭ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ދައުލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދަން މީގެ ކުރިން މަސައްކަތްކުރި ނިޔަތް ރަނގަޅެއްނޫން: ރައީސް
ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނިޒާމީ ގޮތެއްގައި މިކަން ހަރުދަނާކުރުމަށް ކަމަށެވެ
26 Aug 2026
އިގްތިސާދު ފުޅާކުރަން މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ މި ސަރުކާރުން
ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދު ކުރިއެރުވުމަށް ވަރަށް އިސްކަންދޭ އެކަމުގައި “ޕްރޯ” ސަރުކާރެއް ކަމަށެވެ
26 Aug 2026
ބޭރުފައިސާގެ މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް
ރައީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކަކީ ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ޢާންމު ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ
26 Aug 2026
ލަންކާގެ ހައިކޮމިޝަނަރު އެމް. ރިޒްވީ، ފުވައްމުލަކު އަޙްމަދު ޢަލީ ދީދީ ކްރިކެޓް ދަނޑަށް
ދަނޑަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު އެމް. ރިޒްވީ ވަނީ ފުވައްމުލަކުގައި ކްރިކެޓް ކުޅިވަރަށް އޮތް ބޮޑު ޝައުޤުވެރިކަން ފާހަގަކުރައްވާފައެވެ.
26 Aug 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
ރައީސް ވަނީ ހާދިސާގެ އަސަރުކޮށްފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެޖެންސީ ޓީމުތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ
26 Aug 2026
އެއްގަމު އުޅަނދުފަހަރު ދެން އެންމެ ގިނަވެގެން ދުއްވޭނީ 20 އަހަރުވަންދެން
ބިލުގައިވާ ގޮތުން އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެއެވެ
26 Aug 2026
މިސްކިތް ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން 10 މިލިއަން ރުޕީސް ދެނީ
މިސްކިތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފައިސާ ދިނުމަށް ނިންމާފައިވަނީ، ހާއްސަ މުނާސަބާއަކާ ގުޅިވައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ލަންކާގެ ކަމާބެހޭ ވުޒާރާ އާއި މުސްލިމް ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓް ގުޅިގެންނެވެ.
26 Aug 2026
ފޯމްތައް އިސްލާހްކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ނުވަތަ ސައްހަނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.